މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާތައް ރޭގަނޑުވެސް ކުރިއަށް ގެންދަނީ

ކުރިއަށް އޮތް ތިން ދުވަހުވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރެއާއި ދުވާލު ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ކުރިން މަސައްކަތްތަކެއް ނިންމުމުގެ މަޤްޞަދުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އީދު ޗުއްޓީއަށް ދިއުގެ ކުރީގައި މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ބޮޑަށް ނިންމުމަކީ މުހިއްމުކަމެއް ކަމަށާއި، މަޖިލީހުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިންމޭ ކަމަށްވާނަމަ ކުރިއަށްއޮތް ތިންދުވަހު، ރޭގަނޑުވެސް ޖަލްސާތައް ބާއްވަން ނިންމަވާފައިވާ ކަމަށެވެ.

"މަޖިލީހުގެ އެޖެންޑާގައި ހުރި މަސައްކަތްތައް ނުނިންމޭ ކަމަށްވާނަމަ ކުރިއަށްއޮތް ތިންދުވަހު، ރޭގަނޑުވެސް ޖަލްސާތައް ބާއްވާނަން, ރޭގަނޑު ޖަލްސާތައް ބޭއްވުމުގެ ބޭނުމަކީ އީދު ޗުއްޓީއަށް ދާއިރު އެޖެންޑާ ތޮއްޖެހިފައި އޮތަ ނުދިނުމަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލިސް ފާހަގަވަނީ ގިނަ ގުނަ މަސައްކަތްތައް ކުރާ ހަރަކާތްތެރި މަޖިލީހެއްގެ ގޮތުގައެވެ. މަޖިލީހުގެ ރައީސްއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ