ސަރުކާރުން ޓެކްސީ އަށް ވަކި އަގެއް ކަނޑައެޅުމުން، އަމިއްލައަށް އަގު ހައްދަވައި އެއަށްވުރެ އަގު ބޮޑުކޮށް ދަތުރު ކޮށްދިނުމަކީ ހުއްދަވާނެކަމެއް ނޫން ކަމުގައި ރާއްޖޭގެ މަޝްހޫރި ދީނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިޚް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވިޓްގައި ޝެއިޚް ވިދާޅުވެފައިވަނީ މިހާރު މާލެއިން މާލެއަށް ޓެކްސީ ދަތުރުތައް ވަރަށް ނުލިބޭ ކަމަށާއި އެހެން ނަމަވެސް ހުޅުމާލެއަށާއި ހުޅުލެއަށް ޓެކްސީ ދަތުރުތައް ލިބޭ ކަމަށެވެ.
Taxi ah vaki ageh sarukaarun kandaelheema, amilla ah agu hahdhavai, eah vure agu bodukoh dhathuru kohdhinumakee huhdha vaane kameh noon. Mihaar Male in Male ah car dathuru v nulibey! Namaves hulhumale ah, hulhuleah dhathuru libey. Mi e Khidhumatheh kan denegen khidhumai dehvavaa.
— Ali Zaid (@alizaid1000) August 6, 2019
ޓެކްސީ ދަތުރުތަކަކީ ޚިދުމަތެއްކަން ދެނެގެން ޚިދުމަތް ދެއްވުމަށްވެސް ޝެއިޚް ވަނީ ވިދާޅުވެފައެވެ.
މާދަމާ އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ޓެކްސީ ޚިދުމަތުގެ އަގުތަކާމެދު ގިނަ ޓެކްސީ ޑްރައިވަރުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.