ބިލަބޮންގ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިނގިރޭސިވިލާތާއި އަޔަރލެންޑްއަށް ފުރައިފި

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިނގިރޭސިވިލާތާއި އަޔަރލެންޑްއަށް މިއަދު ފުރައިފިއެވެ.

މިދަތުރުގައި އެސްކޫލްގައި ކިޔަވަމުންދާ 18 ދަރިވަރެއްގެ އިތުރުން 3 މުދައްރިސުން ބައިވެރިވެއެވެ.

މިދަތުރުގެ އިންތިޒާމްތައް ހަމަޖައްސާ ޓްރިޕްވެރިންގެ ފަރާތުން މައުލޫމާތު ދެއްވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދުރީސް ވިދާޅުވީ, މިދަތުރަކީ ބިލަބޮންގ ސްކޫލްގައި އާރޓްއާއި ޘަޤާފަތް ކިޔަވަމުންދާ ދަރިވަރުން ތަޖުރިބާ ހޯދުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރެއް ކަމަށެވެ.

"މިދަތުރުގައި އިނގިރޭސިވިލާތުގެ އިތުރުން އަޔަރލެންޑްއަށް ދިއުމަށްވަނީ ހަމަޖެހިފަ، އަދި މިދަތުރުގައި ސްކޮޓްލެންޑް ވޭލްސް އަދި ނޯދަން އަޔަރލެންޑްގެ ތާރީޚީ ތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތާއި ތަޖުރިބާ ހޯދުމަށް ހަމަޖެހިފައިވާނެ" ދަރިވަރުންނާއިއެކު މިދަތުރުގައި ޓްރިޕްވެރިންގެ ފަރާތުން ބައިވެރިވާ ޔާމިން އިދުރީސް ވިދާޅުވިއެވެ.

10 ދުވަހުގެ މިދަތުރުގައި ލަންޑަނާއި ލިވަޕޫލް އަދި ބާރމިންހަމާއި ނިއުކާސަލް ފަދަ މަޝްހޫރު ސިޓީތަކުގެ އަސާރީ ތަންތަނަށް ދަތުރުގެ ބައިވެރިން ޒިޔާރަތްކުރާނެއެވެ.

މިދަތުރާއި ބެހޭގޮތުން ބެލެނިވެރިންނާއި ސުކޫލުގެ މެނޭޖްމަންޓްއަށް މަޢުލޫމާތު ދިނުމުގެ ސެޝަންއެއް މިދިޔަ ހަފްތާގައިވަނީ ބާއްވާފައެވެ.

UK Tour Itinerary

Upcoming UK tour detailed Itinerary. ?Message us to plan yours ?More Suprising Trips & More ⤵️ https://tripverin.com/

Posted by Tripverin on Saturday, August 3, 2019

ޓްރިޕްވެރިންނަކީ ގިނަ ދިވެހިންތަކެއްގެ އިތުބާރު ލިބިފައިވާ ދިވެހިން ރާއްޖޭން ބޭރަށް ޗުއްޓީއާއި އެކިކަހަލަ ޓުއަރތަށް ދެމުންއަންނަ ޓްރެވެލް އެޖެންސީއެކެވެ. ހެޔޮއަގެއްގައި ފެންވަރު ރަނގަޅު ގިނަ ޙިދުމަތްތަކަކާއެކު ދުނިޔޭގެ އެކިކަންކޮޅުތައް ބަލާލާއި ޗުއްޓީ ހޭދަކޮށްލުމަށް ދާން ބޭނުންވާ ފަރާތްތަކަށް ތަފާތު ޕެކޭޖްތަކެއް ތަޢާރަފްކޮށް ޓްރިޕްވެރިންއިން އަންނަނީ ޚިދުމަތް ފުޅާކުރަމުންނެވެ. މިގޮތުން އެމެރިކާ ރަޝިޔާ ސައުތު އެމެރިކާގެ ގައުމުތަކަށް އާޕެކޭޖްތަކެއްވަނީ ފަށާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް