ކޮރަލް ބޮލެވާޑް ފްލެޓުތަކުގެ މަސައްކަތަށް, ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ދިމާލުން ބަންދުކުރި ސަރަހައްދު މިއަދު އާންމުންނަށް ހުޅުވާލައިފިއެވެ.
ބޮޑުތަކުރުފާނު މަގުން ރަސްފަންނާ ވީ ދިމާލުން ބޮޑު ބައެއް ބަންދުކޮށްފައިވަނީ 'ކޮރަލް ބޮލެވާޑް' މިކްސްޑް ޑިވެލޮޕްމެންޓް ޕްރޮޕަޓީގެ 28 ބުރީގެ ހަތަރު އިމާރާތުގެ މަސައްކަތް ކުރުމަށެވެ.
ގިނަ ދުވަސްތަކަކު އެ ސަރަހައްދު ބަންދު ކޮށްފައި އޮތުމަށްފަހު، މިއަދު އެ ސަރަހައްދު ހުޅުވާލައި ހައުސިން މިނިސްޓްރީން ވަނީ އެކަން އިއުލާނުކޮށްފައެވެ.
ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކޮށްފައިިވާ ބޮޑުތަކުރުފާނުމަގު ރަސްފަންނު ސަރަހައްދު އާއްމުކޮށް ހުޅުވާލައިފި. pic.twitter.com/qwlnMdWcr9
— Ministry of Housing and Urban Development (@MoHUDmv) March 12, 2019
އެ ސަރަހައްދު މިއަދު ޢާއްމުންނަށް ހުޅުވާލިއިރު، އެ ސަރަހައްދު ހުޅުވާލައްވާނެކަމަށް މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި މާލެ ވަށައިގެން ދުއްވޭނެހެން ރިންގް ރޯޑު ހެދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއްވެސްމެއެވެ.
ކުރީގެ ސަރުކާރުން ރަސްފަންނުގައި އަޅަން ނިންމި ކޮރަލް ބޮލެވާޑް މަޝްރޫއު ހުޅުމާލެއަށް ބަދަލު ކުރަން މަޝްވަރާކުރަމުންދާ ކަމަށް އާ ސަރުކާރުން ވަނީ ބުނެފައެވެ.




