ސަމާލުވޭ، ކާނިވާ ސަރަހައްދުން އުދަ އަރަނީ

މާލޭ ކާނިވާ ސަރަހައްދުން ވަރަށް ބޮޑަށް އުދަ އަރަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ކާނިވަލް ސަރަހައްދުން އުދަ އަރަމުންދާތީ ހުރިހާ ފަރާތްތަކުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުން އެދިލައްވާ ކަމަށެވެ. ފުލުހުން އިޝާރާތް ކުރެއްވީ އެސަރަހަދުގައި ހުރި ވެހިކަލްތަކާއި މުދާތަކުގެ ވެރިންނަށެވެ.

ކާނިވަލް ސަރަހައްދުން އުދައަރަމުންދާއިރު، މިހާރުވެސް އެސަރަހައްދު އޮތީ އެއްކޮށް ފެންބޮޑުވެފައެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި، މިއަދު އުތުރުގެ އަތޮޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ، 17:11 ގައެވެ. މެދުރާއްޖެތެރޭއަށް އެންމެ ދިޔަވަރު ބޮޑު ވާނީ ހެނދުނު 7:47 ގައެވެ. އަދި ދުކުނުގެ އަތޮޅުތަކަށް އެންމެ ދިޔަވަރު ބޮޑުވަނީ 8:36 ގައެވެ.

މިއަދުގެ މޫސުމަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވިއްސާކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި އަދި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން، ދެކުނާއި ހުޅަނގުދެކުނަށް ގަޑިއަކު 12 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ލަފާކުރެއެވެ.

އަދި ކަނޑުވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ،

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ