އެއާޓެކްސީއެއް ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓް ވެއްޖެ

އެއާޓެކްސީއެއް ސަޕްލައި ދޯންޏެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އއ.ކުރަމަތި ރިސޯޓްގެ އެއަރ ޓެކްސީ ޕްލެޓްފޯމްގައި ފައްތިޔަލުގައި އަޅާފައި އޮތް އެއަރ ޓެކްސީއެއް ކޮޅިގަނޑެއްގައި ފައްތިޔަލާއެކު ކަހާލައިގެން ގޮސް އެހިސާބުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ޖެހި އެއަރ ޓެކްސީއަށް ގެއްލުންލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 18:14 ގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ގެއްލުން ލިބިފައިވަނީ ޓީއެމްއޭގެ އެއަރ ޓެކްސީއަކަށް ކަމަށާއި، ސީންއަށް ދިއުމަށްޓަކައި ފުލުހުން ދަތުރުކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަން ފުލުހުން ކަށަވަރުކޮށްދެއްވި ނަމަވެސް، އެއަރޓެކްސީއަށް ލިބުނު ގެއްލުމުގެ ތަފްސީލު މިހާތަނަށް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

މޫސުން ގޯސްވެ މިދުވަސްވަރުދަނީ ގިނަ ހާދިސާތަކެއް ހިނގަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ