އައްޑޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މިރޭ 19:05 ހާއިރު އައްޑޫ ލިންކް ރޯޑުގައި ހިނގި މިއެކްސިޑެންޓްގައި އަނިޔާވި ތިން މީހުންވެސް މިހާރުވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
މިމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްޞީލް އަދި ނުލިބޭއިރު، އެކްސިޑެންޓް ހިނގި ސަރަޙައްދުގައި ފުލުހުން މިހާރު ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތުވަނީ ލިބިފައެވެ.
ސިޓީ ސްކޮޔާ އާއި ދިމާލުން ލިންކް ރޯޑަށް ނުކުތް ސައިކަލެއްގައި، ލިންކް ރޯޑުން ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ހިނގި މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ ދެ ޒުވާނަކަށާއި މެދު އުމުރުގެ މީހަކަށެވެ.
(ތަފްޞީލް އަންނަނީ)