ޓީއެމްއޭގެ ބޯޓެއް

އެމަޖެންސީގައި ކަނޑަށް ޖެއްސި އެއާޓެކްސީގައި ތިބި ފަތުރުވެރިން އެއާޕޯޓަށް ގެނެސްފި

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރި އެއާޓެކްސީއަކަށް ދަތުރު ނުކުރެވިގެން މަޑުކުރުމުން، އެ އެއާޓެކްސީގައި ދަތުރުކުރި ފަތުރުވެރިން އެންއެންޑީއެފް އިން މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ށ.އަތޮޅު ފެއަރމޮންޓް ރިސޯޓުން މާލެއަށް ދަތުރުކުރި ޓީއެމްއޭގެ އެއާޓެކްސީ، މޫސުން ގޯސްވުމުގެ ސަބަބުން ކ.ހުރާ ކައިރިއަށް ޖެއްސުމުން އޭގައި ހާލުގައި ޖެހިފައި ތިބި ފަތުރުވެރިން އެމްއެންޑީއެފް ކޯސްޓްގާޑް ސީއެމްބިއުލަންސްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންގޮސްދީފައިވާ ކަމަށެވެ.

މިއަދު ހަވީރު 17:30 ހާއިރުކ.ހުރާ ކައިރިއަށް އެމަޖެންސީ ލޭންޑިންގ އެއް ކޮށްފައިވަނީ ވިއްސަރަވެ ގަދަ ކޮޅިގަނޑެއްގައި ޖެހިގެން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި އެއާޓެކްސީގައި ދަތުރުކުރި ފަތުރުވެރިން ވެލާނާ އެއާޕޯޓަށް ގެންގޮސްދީފައިވަނީ މިރޭ 22:15 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި، ގިނަ ބަޔަކު ދަތުރުފަތުރުކުރާ ދުވަސްވަރަކަށްވާއިރު، ކަނޑުމަތީގެ ހާދިސާތައް ހިންގުން ވަނީ ގިނަވެފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް