ކ.ހިންމަފޫށީގައި ހުންނަ އައްސޭރި ޖަލުން ޤައިދީއަކު ފިލައިފިއެވެ. ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.
ފުލުހުން ވިދާޅުވީ، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ގައިދީއަކު ފިލިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2019 އޮގަސްޓް 12 ވަނަ ދުވަހުގެ ރޭ 22:08 ހާއިރު ކަމަށެވެ.
"ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން ގުޅިގެން ކުރި މަސައްކަތުން، ފިލި ގައިދީ ވަނީ ހޯދައި އަނބުރާ ހިންމަފުށީ ޖަލަށް ގެންދެވިފައި." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ފުލުހުނާއި ކަރެކްޝަންގެ އޮފިސަރުންނަށް އެމީހާ ފެނިފައިވަނީ، ރޭ 22:13 ހާއިރު ހިންމަފުށިން ކަމަށެވެ.
ޤައިދީ ފިލަން ދިމާވި ސަބަބާއި، ފިލި ގޮތާއި މެދުގައި މިހާތަކަށް ކަރެކްޝަންސް އިން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ހިޔާލު
މާފުށީ ޖަލުން ފިލި ގައިދީ އެއް އޭންދީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް އަރާވެސް
އެވާހަކަ ޖަހާލަން އެކަކަށްވެސް ނުކެރޭ ދޯ
ކޮމެންޓް ކުރުން ބަންދު