ބަނޑުބެޔޮ ގޮފިގަނޑަކުންޖެހި ތ.ވޭމަންޑޫ މިސްކިތުގެ މުދިމު ސީރިއަސް ހާލަތުގައި އޮތްކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ވޭމަންޑޫ ކައުންސިލްގެ ރައީސް ވަނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން މިނޫހަށް ކަށަވަރުކޮށްދެއްވާފައެވެ.
ކައުންސިލްގެ ރައީސް މުޙައްމަދު ނަޞީޙު ވިދާޅުވީ، އަނިޔާވެފައިވަނީ އެރަށު މިސްކިތުގެ މުދިމު، ތ.ވޭމަންޑޫ ގަދަގޭ އާދަމް ސަޢީދުއަށް ކަމަށެވެ.
އާދަމް ސަޢީދުއަށް އަނިޔާވެފައިވަނީ ބަނބުކެޔޮ ކަނޑައިގެން ފައިބާ، އެގަހުގައި އެލުވާފައި ހުރި އުނދޯއްޔެއްގައި ވަރުބަލި ފިލުވާލުމަށްޓަކައި އޮށޯވެ އޮއްވައި، އުނދޯލި އެލުވާފައި ހުރި ގޮފިގަނޑު ބިންދައިގެން ވެއްޓި އޭނާގެ ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.
ބަނބުކެޔޮ ގޮފިގަނޑުން ޖެހި އޭނާ ހޭނެތިފައިވާއިރު، ވޭމަންޑޫ ހޮސްޕިޓަލުގެ އެމަޖެންސީގައި ފަރުވާދިނުމަށްފަހު އޭނާއަށް އަވަސް އިތުރު ފަރުވާއަށް މާލެ ފޮނުވާލުމަށް އެ ހޮސްޕިޓަލުން ވަނީ ލަފާދެއްވާފައެވެ.
އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެ ކަމަށް ބެލެވޭކަމަށް ވޭމަންޑޫ ހޮސްޕިޓަލުން އާދަމް ސަޢީދުއަށް ފަރުވާދެއްވި ޑޮކްޓަރާ ހަވާލާދެއްވައި ޥޭމަންޑޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އޭނާއަށް އިތުރު ފަރުވާ ދިނުމަށް އެމްއެެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، މިހާރު ހޭއަރާފައިވާ ކަމަށްވެސް، އަނިޔާވި އާދަމް ސަޢީދުއާ އާއިލީގޮތުންވެސް ގާތް ވޭމަންޑޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އާދަމް ސަޢީދު މާލެ ގެންދިއުމުގެ ދަތުރު އެމްއެންޑީއެފް ހެލިކޮޕްޓަރުން ކުރަމުންދާއިރު، އޭނާ މާލެ ގެނެވޭނެކަމަށް އެމްއެންޑީއެފް އިން ލަފާކުރައްވަނީ މިއަދު ހަވީރު 03:50 ހާއިރުއެވެ.
ގަހެއްގެ ގޮފިގަނޑެއް ބޯމައްޗަށް ވެއްޓި، ތ. ވޭމަންޑޫ، އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ދުވަސްވީ ފިރިހެނެއް ހާލުބޮޑުވެގެން، އިތުރު ފަރުވާއަށް އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެންނަނީ. މި މީހާ މާލެ ގެނެވޭނީ 15:50 ހާއިރު pic.twitter.com/7ilSj1tvB6
— Maldives National Defence Force (@MNDF_Official) August 25, 2019
އަވަސް ފަރުވާގެ ކަންކަން އަވަސް ގޮތަކަށް ގެންގޮސްދެއްވާފައިވާތީ، ވޭމަންޑޫ ކައުންސިލްގެ ރައީސް ވަނީ އެރަށު ހޮސްޕިޓަލަށް ޝުކުރު ދަންނަވާފައެވެ.
								
											


														
														
														
														
														
														
								
2 Responses
Mudhimah avas shifaa akah edhen.
ބަނޑުބެޔޮ ގޮފިގަނޑަކުންޖެހި
ބަނބުކެޔޮ