ތ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ފަރުވާ ދޭން ފަށައިފި

ތ. އަތޮޅު ވޭމަންޑޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ނިޝާމާ މުޙައްމަދެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި އަލަށް ދޭން ފެށި ދަތުގެ ފަރުވާގައި ބޭނުންކުރާ އާލާތްތަކަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާ ކޮއްފައިވާ ސާމާނެވެ. މިފަދަ ޑެންޓަލް ސެޓަފްއެއް ޤާއިމްކުރުމައްޓަކައި މިލިއަނަކަށްވުރެ ރުފިޔާ ޚަރަދުވެފައިވާކަމަށް ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

ތ. އަތޮޅު ހޮސްޕިޓަލުގައި މިވަގުތު 5 ސްޕެސަލިސްޓް ޑޮކްޓަރުންނާއި، 2 މެޑިކަލް އޮފިސަރުންގެ އިތުރުން، 11 ނަރުހުންނާއި، ޓެކްނިކަލް 9 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 100 އަށްވުރެ ގިނަ މީހުން އެހޮސްޕިޓަލްއިން ޚިދުމަތް ހޯދައެވެ.

މީގެއިތުރުން ހެލްތު މިނިސްޓްރީން ވިދާޅުވީ، ތ. އަތޮޅު ހޮސްޕިޓަލުން ދަތުގެ ފަރުވާގެ ޚިދުމަތް 16000 އަށްވުރެ ގިނަ މީހުން ހޯދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ