މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން - ފޮޓޯ: މަޖިލިސް

ދައުރުގައި ބޭރުގައި މަޖިލީހުގެ ޖަލްސާތައް ބާއްވަން މަސައްކަތްކުރަނީ

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދިއުމުގެކުރިން މަޖިލީހުގައި ހުރި މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާތަކެއް ބޭއްވުމާމެދު މެމްބަރުން ގޮތެއް ނިންމެވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހެން އެދިވަޑައިގެންފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ނަންފުޅުތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ، މަސައްކަތް ނިންމެން އޮތީ ބުރާސްފަތީގެ ފަހުންވެސް ޖަލްސާތަކެއް ބާއްވައިގެންކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރުމަށް ކޮމިޓީއަށް 3 ދުވަހުގެ މުއްދަތެއް ދޭންޖެހޭއިރު، މިމުއްދަތު ހަމަވަނީ ބުރާސްފަތި ދުވަހުކަމަށާއި، އެހެންކަމުން ޖަލްސާތައް އިތުރަށް ކުރިއަށް ގެންދިއުމާއިމެދު މެމްބަރުން ގޮތެއް ނިންމަވަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. 

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މިދައުރުގެ ޗުއްޓީއަށް ދާންޖެހޭ ދުވަހަކީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހެވެ. ސެޕްޓެމްބަރު މަހު ޗުއްޓީ ހޭދަކުރުމަށްފަހު މިއަހަރުގެ ފަހު ދައުރުގެ މަަސައްކަތް ފެށޭނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ