އައްޑޫ ބޯޓެއް ހާލުގައިޖެހި އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

އައްޑޫ ބޯޓެއް ކަނޑުމަތީގައި ހާލުގައިޖެހުމުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، 8 މީހުނާއެކު އައްޑޫ ސިޓީއަށް ދަތުރުކުރި "ރަންޑި" ނަމަކަށް ކިޔާ ބޯޓު ހުވަދޫ ކަނޑަށް އިންޖީނު ހުއްޓިފައިވާ ކަމުގެ ރިޕޯޓް އެ ރޭ ފަތިހު 05:33 ހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އިންޖީނު ހުއްޓުނު ބޯޓު ކައިރީގައި އެމްއެންޑީއެފްގެ ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މި ބޯޓް ބަނދަރަކަށް ގެންދިއުމަށްޓަކައި ކަފުޖަހާނެ އުޅަނދެއް ހޯދުމުގެ މަސައްކަތް ބޯޓުގެ ވެރިފަރާތުން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ