އޮމާން ރީތި ހަންގަނޑެއް ލިބުމަކީ އެންމެންވެސް ކުރާ އުންމީދެކެވެ. ކިތަންމެ ކުޑަ ކަމަކުންވެސް ހަންގަނޑަށް ގެއްލުމެއް ލިބިއްޖެ ނަމަ އެކަމާ ހިތާމަ ކުރާނެއެވެ. ހަންގަނޑު ރީތި ކޮށް ގެންގުޅުމަށް އެކިކަހަލަ ކްރީމް ތަކާއި އަގު ބޮޑެތި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަކީ ގިނަބައެއްގެ އާދައެވެ.
ނާޒުކު ހަންގަނޑުތަކަށް ގުދުރަތީ ތަކެތި ވަރެއް ނެތެވެ. ފިހާރަތަކުގައި ވިއްކަން ހުންނަ ކެމިކަލް އެކުލެވޭ ބާވަތްތައް ބެނުން ކުރުމުގެ ބަދަލުގައި ގުދުރަތީ ތަކެތި ބެނުން ކުރަން ފަށާށެވެ. ހިތް ހަމަ ޖެހޭ ފަދަ ބަދަލެއް ފެންނާނެވެ.
މިގޮތަށް ބެނުން ކުރެވިދާނެ ބައެއް ތަކެތި ހިއްސާ ކޮށްލާނަމެވެ.
- ލިނބޯ: ލިނބޯ މިއީ ހަންގަނޑު އޮމާން ކޮށް ތާޒާ ކޮށްދޭއެއްޗެކެވެ. އެހެންކަމުން މަދުވެގެން ހަފްތާއަކު ދެ ދުވަހު ލިނބޯ ހަނގަޑުގައި އުނގުޅާށެވެ.
- ފަޅޯ - ކިއުކަންބާ: ފަޅޮލުން ހަންގަޑުގައި ހުންނަ ލަކުނު ތަކުގެ ކުލަ އަލިވެ ހަނގަޑަށް އުޖާލާކަން ގެނެސްދެއެވެ. ތިބާ ގައިގައި ހުންނަނީ ތެޔޮ ހަންގަނޑެއް ނަމަ ލިނބޯ އާއި ކިއުކަންބާ އެއްކޮށްގެން އުނގުޅާށެވެ. ނަތީޖާ ފެންނާނެވެ.
- އެލޯވެރާ: އެލޯވެރާ އަކީ ވެސް ހަންގަނޑަށް ނުހަނު ފައިދާހުރި ބާވަތެކެވެ. އެގޮތުން މޫނުގައި ހުންނަ ކުދި ބިހިތަށް ނައްތާލައި ހަންގަނޑު އޮމާން ކޮށް ދިނުމަށް އެލޯވެރާ ވަރެއް ނެތެވެ.
ގޭގައި ހަދާ ގުދުރަތީ މާސްކްތަކުން އެކަންޏެއް ނުފުދޭނެއެވެ. ހަންގަނޑު އޮމާކޮށް ތާޒާ ކުރުމަށް އެކަށިގެންވާ މިންވަރަކަށް ނިދި ލިބެން ޖެހެވެ. އަދި ގިނައިން ފެން ބުއިމަކީ އެހާމެ މުހިއްމު ކަމެކެވެ. އެއީ ގިނައިން ފެން ބޯ މީހުންގެ ހަންގަނޑު ކުރަކި ވުމުން ސަލާމަތް ކޮށްދޭތީއެވެ.