ގޭގައި ތިބެތިބެ މޫނުގެ ކުލަ ދޮންވެއްޖެ ދޯ!

މިހާރު އެއްއަޑަކަށް އެންމެން ދައްކާ ވާހަކައަކީ، ގޭގައި އަބަދު ތިބެ ތިބެ ފޫހިވާ ވާހަކައެވެ. ކޮންމެ ދުވަހެއްގެ ހަތަރުދަމު ގޭގައި އޮންނަތާ މިހާރު 14 ދުވަހަށް ވުރެ ގިނަވީއެވެ. އެއެޔާއެކު މީރު ކާއެއްޗެހި ތައްޔާރުކުރާ ގޭގޭގައި ތިބެ އެންމެން ފަލަވާ ވަހަކަ ދައްކާތާވެސް މިހާރު ކުޑަދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު މިހާރު އެންމެން އެއް އަޑަކަށް ދައްކަނީ، އެމީހަކު އަމިއްލައަށްވެސް އަޑު އަހަން މާ ކަމުދާ ވާހަކައެކެވެ. ގޭގައި ތިބެ ތިބެ އެންމެންގެ ހަންގަނޑު އޮމާންވެސް ދޮން ކުލަ އަރާ ވާހަކައެވެ.

ވާނީވެސް އެހެންތާއެވެ. ލޮކްޑައުންއާއި ހަމައަށް މާލޭގެ މި "ކޮންކްރީޓް ޖަންްގަލީ"ގައި ދުވާލު ހަތަރު ދަމު އަވީގައި މަސައްކަތްކޮށްކޮށް އެންމެންގެ ހަމުކުލަ ހުރީ ގެއްލިފައެވެ. އެހެންނަމަވެސް މިހާ ގިނަ ދުވަހު ގޭގައި ތިބެން ޖެހުމުން ހަމުގެ ކުލަ އަލި ވެގެން މިދުވަސްވަރު އެންމެން އުޅެނީ ވަރަށް އުފަލުންނެވެ.

އެހެންވީމާ، އަވީގައި ގިނަ ވަގުތު އުޅުމުން ހަންގަނޑަށް ލިބޭ ގެއްލުން މިހާރު، އެންމެންނަށްވެސް އިހްސާސްކޮށްލެވޭނެތާއެވެ. ކުރިން ހަންގަނޑަން ދެލި ކުލަ އަރާ މީހުންގެ މޫނުމަތިވެސް މިހާރު ފެންނަނީ ވަރަށް އަލިކޮށެވެ. ހީލީމާ ހަމަ އެކަނި ދަތްޕިލަ ފެނުނު މީހުންވެސް މިހާރު ހުރީ އުފަލުން ފޮޅިފައެވެ.

އަބަދު މޫދަށްގޮސް މޫނަށް އެންދެރި ކުލަ އަރާފައި ހުރި ރަށްފުށުގައި ދިރިއުޅޭ ކުދިވެރިންގެ މޫނުތައްވެސް މިހާރު ހުރީ ވަރަށް އުޖާލާކޮށެވެ. މިކަމާއި މި ކުދިންގެ މައިންބަފައިންވެސް ހުރީ ވަރަށް އުފަލުންނެވެ.

މިހާރު އާއިލާ މީހުންނާއި އެކުވެރިންނަށް ކުރާ ވީޑިއޯ ކޯލުތަކުގައިވެސް، އެކަކު އަނެކަކުގެ މޫނު ފެނުމުން އެންމެ ފުރަތަމަ ބުނެލެވެނީ، "އޭ މިހާރު ދޮންވެއްޖޭ" މިހެންނެވެ. ހަމައެއާއެކު، މިހާރު ބޭރަށް ނުކުންނަން ނުޖެހުމުން އަންހެންކުދިން މޫނުގައި ހޭކި ފައުންޑޭޝަންތަކާއި ދުރުވުމުންވެސް މޫނަށް އުޖާލާކަން ގެނެސް ހަނގަނޑު އޮމާންވަނީކަމުގައި ވެދާނެއެވެ.

ކޮންމެއަކަސް މިއީ ލޮކްޑައުން ނިމުމުންވެސް ހަންގަނޑު ރަނގަޅަށް ބެލެހެއްޓުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ދެކެމާހެއްޔެވެ.

މިލިޔުން ކިޔާލުމުން
91210117
ގުޅުންހުރި ލިޔުންތައް

2 Responses

  1. Racist

    Varah racist liyumeh. Miliyumun dheyha vany dhon veema ey reethy meehun ufaa vany. Bala aveega noolhunas kalhu dhaiy pila ekani fenna meehun hure ey. Aee emeehun hahdhavaafaivaa goiy. Kalhu vumakee hadi kameh noon.

    6
    1
  2. Zul

    Feshun kudhin haadha hangansu omaan koh dhon vaa hiyy veyey dhw.. Mee adhi firiheneh viyya mi liyefa mihury ves? anheneh nama ehnu..?

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ