މާލޭ މަގުމަތިން މީހެއްގެ ފޯނު ފޭރިގެންފި

މާލޭ މަގުމަތިން މިއަދު މީހެއްގެ ފޯނު ފޭރިގެންފިއެވެ. ޝަހީދު ޢަލީ ގޯޅި ތެރެއިން ފޭރިގަންފައި ވަނީ ބިދޭސީއެއްގެ ފޯނެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވީ މިއަދު 13:00 ހާއިރު ފުލުހަށް މި މައްސަލަ ހުށައެޅިފައިވާ ކަމަށެވެ. މި މައްސަލަ ހުށައެޅުމުން މާފަންނު ފޮލިސް އިން އެ ސަރަހައްދަށް ގޮސް ފޭރުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.

އަދި އެމީހާ ބަލައި ފާސްކުރި އިރު އެމީހާގެ އަތުން ފޭރުނު ފޯނު ވަނީ ފެނިފައެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ