ރައީސްގެ ފޭކް އެފްބީ އައިޑީތައް ސަމާލުކަމަށް ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ނަމުގައި ހިންގަމުންދާ ފޭކް ފޭސްބުކް އައިޑީތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވައިފިއެވެ.

ރައީސް ޞޯލިޙްގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސްގެ ޞައްޚަ ފޭސްބުކް އައިޑީއަކީ "އިބްރާހީމް މުޙައްމަދު ޞޯލިޙް" އެކަނި ކަމަށެވެ.

ހޫދު ވިދާޅުވީ، އެ އައިޑީ ފިޔަވާ ފޭސްބުކުގައި ރައީސް ޞޯލިޙްގެ ނަމުގައި ހުންނަ އައިޑީތަކާއި ޕޭޖްތަކަކީ އެމަނިކުފާނާ އެއްވެސް ހައިސިއްޔަތަކުން ގުޅުމެއް ނެތް އެއްޗެހި ކަމަށާއި، އެފަދަ ޕޭޖްތަކާއި އައިޑީތަކުގެ ކޮންޓެންޓްތަކަކީ އެއްގޮތަކަށް ވެސް ރައީސް ޞޯލިހް އެންޑޯސް ކުރައްވާ ތަކެތި ނޫން ކަމަށެވެ.

ރައީސްގެ ނަންފުޅުގައި ހިންގަމުންދާ ފޭކް އައިޑީތަކާއި ފޭސްބުކް ޕޭޖްތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސްދެއްވިއިރު، އެމަނިކުފާނުގެ ނަމުގައި އެތައް ޕޭޖަކާއި އައިޑީތަކެއް ހިންގައެވެ. އެފަދަ ތަކެތީގެ ސަބަބުން އެމަނިކުފާނު ވިދާޅުނުވާ ތަކެތި ވިދާޅުވިކަމަށް ހީވާފަހަރުވެސް އާދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ