ލ. ގަމު ފިހާރައެއްގެ ސޭޓަށް ވަޅިން ބިރު ދައްކައި ފައިސާތަކެއް ފޭރިގަނެފިއެވެ.
ފުލުހުން ވިދާޅުވީ، ލ. ގަން މުކުރިމަގު ފިހާރައަކަށް މީހަކުވަދެ ފިހާރައިގެ ކައުންޓަރުގައި އިން ކުއްޖާއަށް ވަޅިން ބިރުދައްކައި ވަތްގަނޑުގައި ހުރި ފައިސާ ފޭރިގަނެފައިވާކަމަށެވެ.
އެފިހާރައިން ފޭރިގަނެފައިވާ ފައިސާގެ އަދަދު ގާތްގަނޑަކަށް 4000 ހާއެއްހާ ރުފިޔާއަށް އަރާނެކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ފުލުހުންވިދާޅުވީ، މިމައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ، 30 އޮގަސްޓް 2019 ވަނަ ދުވަހުގެ 16:50 ހާއިރުކަމަށާއި، މިމައްސަލައިގެ ތަޙުޤީޤުގައި ޕޮލިސް އިންޓެލިޖެންސްއާއި ލ. ގަން ޕޮލިސް ސްޓޭޝަނާއި ގުޅިގެންކުރި މަސައްކަތުން މިރޭ 18:45 ހާއިރު ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކުރެވިފައިވާކަމަށެވެ.
އަދި މިމައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



