ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލު ފާސްކޮށްފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 21 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ މި ބިލު، ރައީސް ތަޞްދީޤު ކުރައްވާފައިވަނީ މިއަދުއެވެ.

ޤާނޫނު ނަންބަރު 2008/10، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫންށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤާނޫނު ޝާއިޢު ކުރައްވާފައެވެ.

މި ބިލަށް ގެނެސްފައިވާ އިޞްލާޙު ތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުންގެ ހުރުން ލާޒިމުވާ ސިފަތަކަށާއި، ކޮމިޝަނުގެ ރައީސާއި ނައިބުރައީސް ޢައްޔަންކޮށް ވަކިކުރުމާއި، ކޮމިޝަނުގެ ޖަލްސާތަކާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުފެއްދުމާއި ބެހޭގޮތުންނާއި، ޖުޑީޝަލް އެކެޑަމީއާއި ބެހޭގޮތުންވެސް އިސްލާޙު ތައް ގެނެސްފައިވެއެވެ. މީގެ އިތުރުން ކޮމިޝަނުގެ ނުވަތަ ތަޙްޤީޤުކުރާ ކޮމިޓީގެ ބާރުތަކުގެ އިތުރުން މައްސަލަ ސާބިތުކުރުމުގައި ބެލޭނެ މިންގަނޑުތަކަށްވެސް ވަނީ އިޞްލާޙްތައް ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ