މިނިސްޓަރ އޮފް ޑިފެންސްގެ ނައިބުގެ މަޤާމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބުގެ މަޤާމަށް މައްޗަންގޮޅީ މާވެޔޮ ވިލާ، އަލްއުސްތާޛު ޙަސަން ޒަމީލު ޢައްޔަނު ކުރައްވާފައިވާ ކަމަށެވެ.
މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފައިވާ އަލްއުސްތާޛު ޙަސަން ޒަމީލަކީ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ކަންވެސް މީގެ ކުރިން ކުރައްވާފައިވާ ބޭފުޅެކެވެ.
ޑިފެންސް މިނިސްޓަރުގެ ނައިބަކަށް ބޭފުޅަކު އައްޔަން ކުރެއްވިއިރު، ޑިފެންސް މިނިސްޓަރ އަލްއުސްތާޛު މާރިޔާ އަޙްމަދު ދީދީއަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.



