ނޭވާހުއްޓުނު ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރުމުގެ އެހީތެރިވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓް އިބްރާހީމް ސިނާންއަށް ތައުރީފް ހައްޤެވެ.
އިއްޔެ ހެނދުނު 10:30 ހާއިރު، ހ.ފެންނާގެ 6 ވަނަ ފަންގިފިލާގައި އޮތް، އުމުރުން 15 ދުވަހުގެ ތުއްތު ކުއްޖާގެ ނޭވާ ހުއްޓުމުން، އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީވުމަށްޓަކައި، ޞިއްޙީ އަވަސް ފަރުވާއަށް އަތްދަނޑިމަތީގައި ސިފައިންގެ ހޮސްޕިޓަލްގެ ސެނަހިޔާއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޕްރައިވެޓް އިބްރާހީމް ސިނާންއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އެހާދިސާ ހިނގިއިރު އެގޭގެ ލިފްޓް ހުރީ ހުއްޓިގައި ކަމަށާއި، ތުއްތު ކުއްޖާ އަތްދަނޑިމައްޗަށް ލައިގެން 6 ވަނަ ފަންގިފިލާއިން ސިޑިން ބާލައިގެން، ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ސިނާންގެ އަތްދަނޑިމަތީ ކުއްޖާ ބާއްވައިގެން ދުވެފައި ކަމަށެވެ.
ކުއްލި ހާލަތުގައި ސެނަހިޔާ ހޮސްޕިޓަލަށް ގެންދިޔަ މި ތުއްތު ކުއްޖާއަށް ސެނަހިޔާ ހޮސްޕިޓަލުން ފަރުވާދީފައިވަނީ، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ ފަސްޓްލެފްޓިނެންޓް ޑރ.ޝިފްލާ ޢަބްދުލްލަތީފް ކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ޕްރައިވެޓް އިބްރާހީމް ސިނާން އަކީ، ކޯސްޓްގާޑްގައި މަސައްކަތްކުރާ ބޭކަލެކެވެ. މިފަދަ މުހިންމު ދަނޑިވަޅެއްގައި ސިނާން ދެއްކި ފުރިހަމަ ނަމޫނާއަށް ސިނާނަށް ތައުރީފު ހައްޤެވެ.



