މާލޭ މަގުމަތިން މީހެއްގެ ފޯނެއް ފޭރިގަތް ދެމީހަކު ފުލުހުންގެ އަތްދަށުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާވެޔޮމަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ ފޯނު ފޭރިގަތްފައިވަނީ އެމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ ދެމީހުން ކަމަށެވެ.
ނަމަވެސް އެމަންޒަރު ފެންނަ ހިސާބުގައި ހުރި ފުލުހަކަށް ފޭރިގަތް މަންޒަރު ފެނިގެން، ފޯނު ފޭރިގަތް ދެމީހުން ހުއްޓުވައި ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"މި މައްސަލައާއި ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކާއި، 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މިއަދު ހެނދުނު 09:00 ހާއިރު ހިނގި މި ހާދިސާގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.




