ބަނގުލަދޭޝް ފިރިހެނެއްއަތުން ފޭރުނު ދިވެހި ޒުވާން އަންހެނަކާއި ފިރިހެކަނު ފުލުހުން ހައްޔަރުކޮށްފިއެވެ.
އެމީހާއަތުން ފޭރިފައިވަނީ މަސައްކަތް ދޭނެކަމަށްބުނެ ގަލޮޅުގައި ހުރި ގެސްޓްހައުސްއަކަށް މިއަދު އެމީހާ ގެންގޮސްފައެވެ. އޭނާގެ އަތުން ވަނީ 520 ރުފިޔާ ފޭރިގަތްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 10:05 އެހާކަންހާއިރު އެވެ.
މި މައސަލާގައި ބިދޭސީ މީހާއަތުން ފޭރުނު ކަމުގެ ތުހުމަތުގައި 23 އަހަރުގެ ދިވެހި އަންހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.




