ބޯކޮށް ވާރޭ ވެހި ގދ،ތިނަދޫގައި ފެންބޮޑުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ތިނަދޫއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

"ގދ.ތިނަދޫއަށް ބޯކޮށް ވާރޭ ވެހި އެރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފް ސަދަރން އޭރިއާ ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ރޭގަނޑު ވަގުތެއްގައި ތިނަދޫގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާތީ، ރަށުގެ ޚާލަތާ ގުޅޭގޮތުން ސުވާލު ކުރުމުން، ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ، އެރަށުގައި ފެންބޮޑުވެފައިވީ ނަމަވެސް، އެއްވެސްއ ގެއަކަށް ފެން ވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ.