ރައީސް ޞޯލިޙް - ފޮޓޯ: ރައީސް އޮފީސް

ޤައުމިއްޔަތުގެ ޝަރަފަށްޓަކައި އދ ގައި ރައީސް ދިވެހި ބަހުން ތަޤްރީރުކުރެއްވުމަށް އެދެފި

އދ. ގެ ޢާއްމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ތަޤްރީރު ކުރައްވާއިރު، ދިވެހި ބަހުން ތަޤްރީރު ކޮށްދެއްވުމަށް، ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ އެދިވަޑައިގެންފިއެވެ.

ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް ޢަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހީންނަށްޓަކައި ދިވެހީންގެ އަޑު ދިވެހީންގެ ބަހުން އުފުއްލަވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

"އދ.ގެ މަޖިލީހުގައި އިއްޒަތްތެރި ރައީސުލްޖުމުހޫރއްޔާ ދިިވެހިބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނޭ ކަމަކަށް." އަޝްރަފް ޢަލީ ވިދާޅުވިއެވެ.

https://twitter.com/ashraf830/status/1170750867441455104

މި މަހުގެ 17 އިން 30 އަށް އެމެރިކާގެ ނިއުޔޯކްގައި މި އަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ އދ.ޢާއްމު ޖަލްސާގައި ރާއްޖޭގެ ފަރާތުން ތަގްރީރު ކުރައްވާނީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޞޯލިޙްގެ މިދަތުރުފުޅާ ބެހޭ ތަފްސީލް އަދި ރަސްމީކޮށް ސަރުކާރުން ހާމަކުރައްވާފައި ނުވި ނަމަވެސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް، އދ.ގެ ޢާންމު ޖަލްސާގައި ކުރައްވާ ތަޤްރީރުގައި އިންސާނީ ހައްގުތަކަށާއި، ތިމާވެށި ޙިމާޔަތް ކުރުމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހްގެ މައްޗަށް އަލިއަޅުއްވާލައްވާނެކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އދ.ގެއާއްމު ޖަލްސާގައި ދުނިޔޭގެ ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނާއިރު އެބައްދަލުވެގެންދަނީ ދޭދޭ ގައުމުގެ މެދުގައި ގުޅުން ބަދަހި ކުރުމަށްވެސް ލިބިގެންދާ ފުރުސަތަކެވެ.

ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ އެއް ވައުދުފުޅަކީ ބައިނަލް އަގުވާމީ މައިދާނުގައި ރާއްޖެއަށް ހައްގު މަޤާމު ހޯދައިދީ ޤައުމުތަކާމެދު ހީނަރުވެފައިވާ ގުޅުން ބަދަހިކުރުމެވެ.

އދ ގެ ޢާއްމު މަޖިލީހުގައި ދިވެހިރާއްޖެއިން މިއަހަރު ތަޤްރީރު ކުރައްވަނީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ