ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މީހަކު އަނެއްކާވެސް މަސައްކަތްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ، ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެން ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު އަނެއްކަވެސް ހައްޔަރުކޮށްފައިވާކަމަށެވެ.
މިފަދަ ގޮތަކަށް ވަގު ޕާސްޕޯޓަކާއެކު ރާއްޖެ އެތެރެވާން އުޅުނު މީހަކު އިއްޔެވެސް އިމިގްރޭޝަނުންވަނީ ޙައްޔަރުކޮށްފައެވެ.
މިދެމީހުން ނިސްބަތްވާ ގައުމެއް އަދި ރާއްޖެ އައި ގައުމެއްވެސް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.



