ރައީސް ޞޯލިޙްއަށް ޖަރޒީ އަރުވަނީ - ފޮޓޯ: ސަން

ރާއްޖެ މެޗް ބައްލަވާލައްވަން ރައީސް ވަޑައިގަންނަވާނެ

ވޯލްޑްކަޕް ކޮލިފައިންގައި މިރޭ ރާއްޖެއާއި ޗައިނާ ކުޅޭ ފުޓްބޯޅަ މެޗް ބައްލަވާލެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ގަލޮޅު ދަނޑަށް ވަޑައިގަންނެކަން ހާމަކޮށްފިއެވެ.

ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭގެ މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނެ ކަމަށާއި، ޤައުމީ ފުޓްބޯޅަ ޓީމުގެ ޖަރޒީ ރަސްމީކޮށް ލޯންޗު ކޮށްދެއްވާނެ ކަމަށެވެ. ގައުމީ ޓީމް މިރޭގެ މެޗަށް ނުކުންނަ އިރު، މިދިޔަ ހަފްތާގައި ވަނީ ރަށުން ބޭރުގައި ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗްގައި 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. 

ގައުމީ ޓީމް މިރޭ ޗައިނާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނިކުންނަ އިރު، މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗްގައި 1-0 ގެ ނަތީޖާއަކުން ވަނީ ރާއްޖެއިން ކާމިޔާބުކޮށްފައެވެ. 

މިރޭ ރާއްޖެ ކުޅޭ މެޗަށް ދިވެހިންގެ ތެރޭގައި އެންމެ މަޤްބޫލު ކުޅުންތެރިޔާ ޢަލީ އަޝްފާޤަށް ވަނީ ޤައުމީ ޓީމުން ޖާގަ ދީފައެވެ. ނަމަވެސް މެޗުން ދަގަނޑޭ ފެންނާނެކަން އަދި ކަށަވަރެއް ނޫނެވެ.

މިރޭގެ މެޗު ބައްލަވާލެއްވުމަށް ގިނަ ބަޔަކު ވަނީ ޓިކެޓް ނަގާފައެވެ. ދަނޑުގެ ދެ ފަރާތުގެ ސިޑިބަރިތައް ހަލާކުވެފައިވުމުން މި މެޗަށް ވިއްކާފައިވަނީ 3400 ޓިކެޓެވެ. ޓިކެޓްތައް ވަނީ ވިކި ހުސްވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ހަމޭ

    އަޑުބަރޭ އޮފިސް ތެރޭގަ ވެސް އައިނު އަޅައިގެންތަ ހުންނަނީ؟ މަސްތުވާ އެއްޗެއް ބައްލަވަނީތޯ އަނެއްކާ؟ ރައީސް އަރިހުގަހުރެމެ، އަދި އެއްވެސް މީހަކާ ބައްދަލު ކުރާ ވަގުތެއްގައި އައިނު އަޅައިގެން ހުރުން އެއީ ހުތުރު ކަމެއް.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ