ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޖޭޕީ

ޤާސިމް އީސީއަށް: ކުޑަމީހާ ބޮޑުމީހާ ތަފާތުނުކޮށް އިންސާފުވެރިވެލައްވާ

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މަސައްކަތްޕުޅުތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއް ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ހެންވޭރު ދެކުނު ދާއިރާގެ ޖޭޕީގެ ކެންޑިޑޭޓް އިރްތިސާމް އާދަމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، މިއަދު އިންސާފު ނުލިބިއްޖެނަމަ ހަމަހަމަ އުޞޫލެއް ނުގެންގުޅެވިއްޖިއްޔާ ފަހުން އިންސާފު ނުލިބޭނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން އޮތީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނަށް، ތިބޭފުޅުން ކުރައްވާ މަސައްކަތްޕުޅުތަކުގައި އަމާނާތްތެރިކަމާއި، އިހުސާންތެރިކަމާއި، އިންސާފުވެރިކަމާއެކު ވަކި ޕާޓީއެއް، ވަކި ކުޑަމީހެއް ބޮޑު މީހެއް ތަފާތެއް އޮވެގެން ނުވާނޭ، ރައްޔިތުންނަށް ކުރެވޭ ކަންތަައްތަކުގައި އިންސާފު ލިބިދޭންޖެހޭނޭ." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އިންސާފުން އެއްކިބާވެ ވަކި ބަޔަކަށް މަޢުލޫމާތު ދެއްވައިގެން ވަކި ބަޔަކު ރުއްސަން ކަންތައްތައް ކުރެއްވުމުން އީސީއަށް އަދި ރައްޔިތުންނަކަށްވެސް އެއްވެސް މަންފާއެއް ނެތްކަމަށެވެ.

ޤާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ، ކަން އެހެން އޮތުމާއެކު ހުރިހާ ފަރާތްތަކަށް އެއް ހަމައަކުން އަމަލުކޮށް، ދެފުށް ފެންނަ ގޮތަށް އެއްވެސް އޮޅުވާލުމެއްނެތި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަންޖެހޭ ކަމަށާއި، ތަފާތު ވާހަކަތައް ދައްކައި ބިރު ދެއްކުންވެސް ކުރިމަތިވިޔަސް އެއިން އެއްވެސް ކަމަކަށް ދީއްލައި ލައިގެން ނުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ