ފެނަކަ އައްޑޫ ސޭލްސް ސެންޓަރ - ފޮޓޯ: ފެށުން

އައްޑޫ ސިޓީން ހޮނިހިރު ދުވަހު 7 ގަޑިއިރަށް ކަރަންޓު ކަނޑާލަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުން ހޮނިހިރު ދުވަހު ހަތް ގަޑިއިރަށް ކަރަންޓް ކަނޑާލަން ފެނަކަ ކޯޕަރޭޝަންއިން ނިންމައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގެ ގޭގެއަށް ފޮނުވާފައިވާ ނޯޓިސްގައި ބުނެފައިވަނީ ކޭބަލް ނެޓްވޯކުގެ މަރާމާތަކަށް ސެޕްޓެމްބަރ 14 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9 އިން ހަވީރު 4 ޖެހުމާއި ހަމައަށް 7 ގަޑިއިރަށް ކަަރަންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

"ކަނޑައެޅިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް ނިންމާލެވިއްޖެނަމަ 7 ގަޑި އިރުވުމުގެ ކުރިންވެސް ކަރަންޓު ފޯރު ކޮށްދެވިދާނެ" ކަމަށް ފެނަކައިން ފޮނުވާފައިވާ ނޯޓިސްގައިވެއެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަ ޖެހި މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުން ފެށިގެން ދަންވަރު 1 ޖެހުމާއި ހަމައަށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑުމުގެ މައްސަލައަކީ ފާއިތުވި ތިން ސަރުކާރަށްވެސް ހައްލު ހޯދައި ނުދެވިވާ މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ