މާލޭ ހުކުރު މިސްކިތް - ފެށުން ފޮޓޯ: ވިސާމް

މާލޭ ހުކުރު މިސްކިތް ބަންދުކޮށްފި

މާލޭ ހުކުރު މިސްކިތް ވަގުތީގޮތުން ބަންދުކޮށްފިއެވެ.

ހުކުރު މިސްކިތް ބަންދުކުރަން ނިންމައި އެކަން މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން އެނގީ 12 ޖެހުމަށް ފަސްވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މާލޭ ހުކުރު މިސްކިތުގެ މެދު މިސްކިތުގައި ކުރަންޖެހޭ ކުއްލި މަސައްކަތްތަކެއް ކުރުމަށް ވަގުތީގޮތުން މިސްކިތް ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނިންމާފައިވާ ކަމަށެވެ.

"ހުކުރު ނަމާދު ވަގުތާއި މިހައި ގާތް ވެފައިވަނިކޮށް މިސްކިތް ބަންދުކުރަން ނިންމީ މި ކަމަކީ މިސްކިތް ބޭނުންކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށް ވާތީ" ހެރިޓޭޖް މިނިސްޓްރީން ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތް ބަންދުކުރުމުން ދިމާވެދާނެ އެންމެހާ ދަތިތަކަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަހުދަތު އަދި ޖީލުތަކަށް ދެމިގެން އައިސްފައިވާ ދީނީ ތާރީހަށް ހެކިދޭ އެހާމެ މުހިންމު އަދި ހާއްސަ ބިނާއެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ