ޕާލިމެންޓްރީ އެޑިޔުކޭޝަން ސެމިނާގެ ތެރެއިން - ފޮޓޯ - މަޖިލިސް

ބާރަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕާލިމެންޓްރީ އެޑިއުކޭޝަން ސެމިނަރ ބާއްވައިފި

12 އަހަރުގެ މެދުކެނޑުމަކަށްފަހު ޕާލިމެންޓްރީ އެޑިއުކޭޝަން ސެމިނަރ މިއަދު ބާއްވައިފިއެވެ. މި ސެމިނާއަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ސެމިނާއެކެވެ.

އައްޑޫ ސިޓީގައި މިއަދު ފެށި މި ސެމިނަރގައި އައްޑޫ ސިޓީގެ ސްކޫލްތަކުން 185 ދަރިވަރުން ބައިވެރިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ވިދާޅުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ މި ސެމިނާރއަކީ 12 އަހަރުގެ މެދުކެނޑުމަކަށްފަހު ކުރިޔަށް ގެންދާ ސެމިނާއެއް ކަމުގައި މަލިޖީހުން ރާއްޖެއެމްވީއަށް ވަނީ މަޢުލޫމާތު ދީފައެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރ ހަސަން ޒިޔާއު ރާއްޖެއެމްވީއަށް ވިދާޅުވެފައި ވަނީ، މިއަދު ފެށި މި ސެމިނާއަކީ 2007 ވަނަ އަހަރާއި ހަމައަށް މަޖިލީހުން ކުރިޔަށް ގެންގޮސްފައިވާ ސެމިނާއެއް ކަމަށެވެ. ގިނަ އަހަރު ތަކެއްގެ މެދުކެނޑުމަކަށް ފަހު މިއަހަރު މި ސެމިނާ ބޭއްވީ ސްކޫލު ކުދިންގެ މެދުގައި ޕާލިމެންޓްރީ އެޑިއުކޭޝަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާތީ ކަމުގައި ޒިޔާއު ވަނީ ވިދާޅުވެފައެވެ.

މި ސެމިނާ ކުރިޔަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގެ ޝަރަފުއްދީން ސްކޫލުގައެވެ. އައްޑޫ ސިޓީގެ އެކި ސްކޫލްތަކުން ގްރޭޑް 9، 10 އަދި 11 ގައި ތައުލީމް ހާސިލްކުރާ ދަރިވަރުން ވަނީ މި ސެމިނާގައި ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ