ސައުދީއަށް ދިން ހަމަލާ

ސައުދީގެ ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުއްވެރިކޮށްފި

ސައުދީ އަރަބިއާގެ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ތެޔޮ ފެސިލިޓީތަކަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކޮށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ކަމަށާއި މިފަދަ ކަންކަމުން ސައުދީގެ ސަލާމަތަށް ނުރައްކާ ވުމުގެ އިތުރުން އެސަރަހައްދުގެ އަމާންކަމަށް ބުރޫއަރާ ކަމެއް ކަމަށެވެ. އަދި މިދަނޑިވަޅުގައި ދިވެހި ސަރުކާރުން ސައުދީ އަރަބިއްޔާ އާއެކު އޮތްކަންވެސް މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޓެރަރިޒަމްއާއި ދެކޮޅަށްކުރާ ހަނގުރާމައިގައި ދިވެހިރާއްޖެ ސާބިތުވެ ހުރިކަންވެސް މިބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާގައި އެންމެ ގިނަ އަދަދަކަށް ތެޔޮ އުފައްދާ ދެތަނަކަށް ހަމަލާދީފައިވަނީ ޑުރޯން ބޭނުންކޮށްގެންނެވެ. މިހަމަލާތައް ދީފައިވަނީ ޔަމަނުގައި ހަނގުރާމަކުރާ ޝީއީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ހޫތީންނެވެ.

މާޗް 2015 އިން ފެށިގެން ސައުދީ އަރަބިއްޔާއިން އަންނަނީ މިޖަމާއަތާއި ދެކޮޅަށް ވައިގެ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގެ ރައްދު ދޭތެރެ ދޭތެރެއިން ހޫތީންވެސް ދެއެވެ. ނަމަވެސް އިއްޔެއަކީ ހޫތީން ސައުދީ އަރަބިއްޔާ އަށް މިހާތަނަށްދިން އެންމެ ވަރުގަދަ ހަމަލާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ