ޙުސައިން ޝަމީމް

އަޅުގަނޑުގެ ވެރިކަމެއްގައި ހުރިހާ ބިލްތައްވެސް އެއް އެޕްލިކޭޝަނަކުން ފަސޭހައިން ދެއްކޭނެ - ޝަމީމް

އަޅުގަނޑުގެ ވެރިކަމެއްގައި ކަރަންޓާއި، ފެނާއި، އިންޓަރނެޓްވެސް ހިމެނޭ ގޮތަށް މިފަދަ ހުރިހާ ބިލްތަކެއް ފަސޭހައިން އެއްފަރާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާނެ ކަމުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި މައްޝޫރު ޤާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދަޅުވެފައި ވަނީ އޭނާގެ ވެރިކަމެއްގައި ބިލްތައް ދައްކަން އޮފީހުން ޗުއްޓީ ނަގައިގެން ކުރަންޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށެވެ. "އަޅުގަނޑުގެ ވެރިކަމެއްގައި، ކަރަންޓާއި ފެނާއި ފޯނާއި އިންޓަރނެޓާއި މިނޫންވެސް ހުރިހާ ބިލެއް، އެއް ވަޞީލަތަކުން، އެއް ދުވަހެއްގައި ފޮނުވާ، އެއް ފަހަރާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނަން" ޝަމީމް ވިދާޅުވެފައިވެއެވެ.

ޝަމީމް މިހެން ވިދަޅުވިނަމަވެސް މިހާރުވެސް ގިނަ ބިލްތަކެއް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްތައް ވަނީ އިދާރާތަކުން ހަމަޖައްސާފައެވެ. އެގޮތުން ފެންބިލާއި އިންޓަރނެޓް އަދި ފޯން ބިލްތައްވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ. ނަމަވެސް އެއް އެޕްލިކޭޝަނަކުން މިފަދަބިލް ތައް ދެއްކޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނުވެއެވެ.

ހަމައެހެންމެ ބައެއް ބިލްތައް އޮންލައިކޮށް ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ތައް ހަމަޖެހިފައި ނުވާކަންވެސް ފާހަގަ ކޮށްލަމެވެ. އަދި މިފަދަ ބިލްތައް ދެއްކުން ގިނަ ފަހަރަށް ވެފައިވަނީ ވަރަށް ބޮޑު ތަކުލީފަކަށެވެ.

ޒަމާނީ ޓެކްނޮލޮޖީގައި ކުރިއަރާފައިވާ މި ޒަމާނުގައި މި ރާއްޖޭގައިވެސް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދީ އަދި ދަނީ ލިބިގަންނަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ