މުޅި އަހަރު ތެރޭގައި ނަތީޖާ ނެރެން ލިބެނީ ދެ މެޗްކަމަށާއި އެހެން ކަމުން ދެން ތަޅާގެންވެސް ނަތީޖާ ނެރެން ޖެހެނީ ކަމުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި މައްޝޫރު ޤާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ދިއްދޫގައި އިއްޔެ ކުރިޔަށް ދިޔަ ފުޓް ބޯޅަ މެޗް ހޫނު ވުމުގެ މައްސަލައާއި ގުޅުވައިގެން ޝަމީމް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަސްލު ކުޅޭލެއް މާ މަދީ ކަމަށާއި މުޅި އަހަރު ތެރޭގައި ނަތީޖާ ނެރެން ލިބެނީ އެންމެ ދެ މެޗް ކަމަށެވެ. އެހެން ކަމުން ދެން ތަޅާގެންވެސް ރިޒާލްޓް ނެރެން ޖެހޭނީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އަދިވެސް ޝަމީމް ވިދާޅުވެފައި ވަނީ ލީގް ކުޅޭ ނަމަ މި އަންނަ ވީކް އަދި ޗާންސް ލިބޭނެކަން އިނގޭނެ ކަމަށެވެ. "އެހެން ވީމާ ރަށު ލީގް ކުޅެންވީ، މާލޭ ލީގްއަކު ނުތަޅާނު" ޝަމީމް ވިދާޅުވެފައިވެއެވެ.
aslu kulhey leh maa madhee.. mulhi aharu tereyga natheeja neren libenee 2 match veema, dhen thalhaigen viyas results neren jehey nu. league kulhey nama ingeyne, mi anna week adhi chance libeyne kan.. ehen veema Rashu League kulhen vee.. 🙂 Male' league aku nuthalhaa nu?
— Hussain Shameem (@HuShameem) August 17, 2019
ދިއްދޫގައި އިއްޔެ ހަވީރު ކުޅުނު ތިންވަނަ އަޟްހާ ޢީދު ފުޓްބޯޅަ މުބާރާތުގައި “ޓީނޭޖް” އަދި “ހީވެސްނުވޭ” ބައްދަލުކުރި ފައިނަލް މެދުގެ ހޫނުވެ، ވަނީ މާރާމާރީ ހިންގާފައެވެ. މި މެޗްގައި ފަހަތުގައި އޮތް ޓީމުގެ ކެޕްޓަން ރެފްރީއާއި ދިމާލަށް ބުނި ބަހަކުން ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. ކުރިން ކާޑެއް ދައްކާފައި ވުމާއެކު އޭނާއަށް ޖެހުނީ ރަތް ކާޑަކާއެކު ދަނޑުން ފައިބާށެވެ. އެހާ ހިސާބުން މެޗްގެ އޮއިވަރު ބަދަލުވެ ބޮޑު ހަމަނުޖެހުމަކަށް ވަނީ ގޮސްފައެވެ.
ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަމުން ދަނިކޮށް ހިންގި މި ހަމަނުޖެހުމުގައި ވަނީ ކުޅުން ތެރިން އޮފިޝަލުންގެ މޭޒު ފުށުން ޖަހައި ގޮނޑިތަކަށްވެސް ގެއްލުން ދީފައެވެ. އަދި ސަޕޯޓަރަކު ވަނީ މުބާރާތުގެ ޓްރޮފީ ވައްޓާލައި ހަލާކުކޮށްލާފައެވެ. މީގެ އިތުރުން އެޓީމުގެ ކުޅުންތެރިއަކު ވަނީ ރެފްރީއަށްވެސް ހަމަލާދީފައެވެ. އެ ކުޅުންތެރިޔާއަށްވެސް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ.
ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުން ދިޔަ މި މެޗްގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކޮށްފައިވަނީ، ދިއްދޫ ޕޮލިސް ސްޓޭޝަނުންނެވެ. ދިއްދޫގައި ނިމިދިޔަ ފިޠުރު ޢީދުގައި ބޭއްވި ފުޓްސަލް މުބާރާތްވެސް ހޫނުވެ ފުޓްސަލް ދަނޑުގެ ޓާފްތައް އުކާލައި، ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ދިއްދޫގައި ފުޓްބޯޅަ މެޗްތައް ހޫނުވެ ހަމަނުޖެހުން ހިންގުން އާންމުވެފައިވާއިރު، ރާއްޖޭގައި ފުޓް ބޯޅައަށް ލޯބި ކުރާ ފަރާތްތަކުންނާއި އެނޫންވެސް ގިނަ ބަޔަކު އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެގޮތުން ހަމަނުޖެހުން ހިންގާނަމަ ފުޓް ފޯޅު މުބާރާތްތައް ނުބޭއްވުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.
ހިޔާލު
Keyboard gai SpaceBar netheetha!?
thelhumah hiyyvaru libeygothah thifada beyfulhun vaahaka dekkumaky derakameh.
ކޮމެންޓް ކުރުން ބަންދު