މާފުށި

ގެނބިގެން މީހަކު މަރުވެއްޖެ

ކ. މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެ އެވެ.

މާފުށީގައި މިއަދު މަރުވެފައިވަނީ ތުރުކީއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ.

އެކަން ޔަގީންކޮށް ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށީގައި މޫދަށް އެރި އުޅުނު ތުރުކީ މީހެއް ގެނބިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ. 

ގެނބިގެން ފަތުރުވެރިން މަރުވާ ހާދިސާތައް މިފަހުން ވަނީ އިތުރުވެފަ އެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން އެ ހާދިސާ ހިނގާ ސަބަބުތައް ދެނެގަތުމަށް މަސައްކަތްތަކެއް ވެސް ފެށިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަކީ މާފުށީ ކައިރީގައި ތަރައްގީ ކުރާ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާގެ އެކޮމަޑޭޝަން ހަމަޖެހިފައި ހުންނަނީ މާފުށީގަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ