ގަމުގައި އެފްއެސްއެމް އިން މަރާމާތު ކުރުމަށް ފަހު ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާ ތެޔޮ ތާނގީއެއް

އެފްއެސްއެމް އައްޑޫ ސިޓީގެ ފިއުލް ސްޓޯރޭޖް އިތުރުކޮށް، ބޮޑުތަނުން ޚަރަދު ކުޑަކުރަނީ!

އިނގިރޭސިން ގަމުގައި އުޅުނު ޒަމާނުގައި ހަދާފައިވަ ތެޔޮ ތާނގީތަކެއް ބޭނުން ނުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު، އެ ތާނގީތައް މަރާމާތުކޮށްގެން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.

އެފްއެސްއެމްގެ އެމްޑީ މުހައްމަދު ގަސަމް އޮންލައިން ނޫސް "ސީއެންއެމް" އަށް މިމަހުގެ ހަވަނަ ދުވަހު ވިދާޅުވެފައިވަނީ، އެ ކުންފުނިން އެ ތާނގިތަށް ބޭނުންކުރަން ފެށުމުގެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އެ އެއްޗެހި ބޭނުން ކުރަން ފަށަން ތައްޔާރުވެފައި ވަނީ، ހުރިހާ މަރާމާތެއް ނިންމުމަށް ފަހު ކަމަށް ގަސަމް ވިދާޅުވި އެވެ.

- ގައުމުގައި އެފްއެސްއެމް އިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން.

ގަސަމް ވިދާޅުވީ، އެ ތާނގިތައް ބޭނުން ކުރަން ފެށުމުން މިހާރު އައްޑޫގައި ހުރި އެފްއެސްއެމްގެ ސްޓޯރޭޖް ސެޕޭސިޓީގެ އިތުރުން، ގަމުގައި 700،000 ލީޓަރު ޑީސަލާއި، 54،000 ލީޓަރު ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން އެ ކުންފުނިން އައްޑޫ ސިޓީ އަށް ތެޔޮ ސަޕްލައި ކުރަން ކުރާ ދަތުރުތައް ދެގުނައަށް މަދުވެ، އެ ދަތުރުތަކަށް ހޭދަވާ މިންވަރު ވެސް ސަލާމަތްކުރެވޭނެ ކަމަށެވެ.

ގަސަމް އެފްއެސްއެމްގެ ހިންގުމާ ހަވާލުވެވަޑައިގެން ކުރީގައި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތައްވާ ގޮތަށް ބައެއް އަމިއްލަ ފަރާތްތަކާއި އެކު ހަދާފައިވާ ތެޔޮ ސަޕްލައި ކުރުމުގެ އެއްބަސްވުންތައް އުވާލައި، ކުންފުންޏަށް ފައިދާ ނުވާ ގޮތަށް ހުރި ގިނަ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

- ގަމުގައި ކުރިއަށް ދާ މަސައްކަތްތައް އެމްޑީ ބައްލަވާލައްވަނީ.

އެގޮތުން ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކުންފުނީގެ ހިންގުމަށް ގިނަ ބަދަލުތައް ގެންނަވާފައިވާއިރު، އެ ކުންފުނިން ރަށްރަށަށް ތެޔޮ ސަޕްލައި ކުރުމަށް ރަނިން ފިއުލްގެ ގޮތުގައި ބޮޑުހަރަދެއް ކުރަންޖެހޭ ސަރަހައްދުތަކުގައި ސްޓޯރޭޖް ހަދައިގެން އެ ހަރަދު ކުޑަ ކުރުމަށްވެސް ޚާއްޞަ އިސްކަން ދެއްވައިގެން ދަނީ ކުރައްވަމުންނެވެ.

އާ ސަރުކާރާއެކު ސަރުކާރު ކުންފުނިތައް ހިންގުން ހަރުދަނާކޮށް، ޚަރަދު ކުޑަކޮށް ފައިދާ އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ކުންފުނިތަކުގެ ވެރިން ދަނީ ފާހަގަކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ