ސިމާ ހޯދަން ޑައިވިން ރޮބޮޓް ބޭނުންކުރަން ފަށައިފި

ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އުމުރުން 19 އަހަރުގެ ލ. މާމެންދޫ ޝިމާ ނާފިޒް ހޯދުމަށް "ޑައިވިންގ ރޮބޮޓް" ބޭނުންކުރަން ފަށާފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ވިދާޅުވެއްޖެއެވެ.

ސިމާ ހޯދުމަށް ޑައިވިންގ ރޮބޮޓް ބޭނުންކުރަން ފަށާފައި މިވަނީ އޭނާ ހޯދުމަށް ކަނޑުމަގުން ކުރި މަސައްކަތް ނާކާމިޔާބުވެ، ހެލިކޮޕްޓަރުގައި ވައިގެ މަގުން ބަލައި، ރޭގަނޑު ނައިޓް ވިޝަން ޓެކްނޮލަޖީވެސް ބޭނުންކޮށް އޭނާގެ ހަބަރެއް ނުވެގެނެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) ގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ސިމާ ހޯދުމުގައި ޑައިވިންގ ރޮބޮޓް ބޭނުންކުރަން ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ސިމާ

ލ.ގަމުން ފުރައިގެން ލ.މާމެންދޫއަށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައި ސިމާ ގެއްލުނީ މިމަހުގެ 22 ވަނަ ދުވަހުގެ ރެއެވެ. މިހާތަނަށް ސިމާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Shir

    Thi robot beynun kuri maavaharu
    .headhan ves

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ