ސްޕެއިންގެ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަންސޫ ފާޓީ އަށް ސްޕެއިންގެ ސިޓިޒަންޝިޕް މިއަދު ލިބޭނެކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 16 އަހަރުގެ ފާޓީ އުފަންވެފައިވަނީ ގިނީއަންގެ ބިސާއޫއަށެވެ. އަދި އުމުރުން ހަ އަހަރުގައި ސްޕެއިންގެ ސެވިއްޔާއަށް ދިރިއުޅުން ބަދަލުކުރި ފާޓީ ވަނީ މިހާތަނަށް ބާސެލޯނާ އިން ފުރުސަތު ދިން ދެ މެޗުގައި ވެސް މޮޅު ކުޅުމެއް ދައްކައި ގޯލު ޖަހައިފަ އެވެ. އޭނާ އަކީ ބާސެލޯނާގެ ތާރީހުގައި އެ ކްލަބަށް ގޯލު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
އަންސޫ ފާޓީ އެންމެ ފުރަތަމަ ކުޅުނީ ހެރޭރާ ކިޔާ ޔޫތު ޓީމަކަށެވެ. އޭގެ ފަހުން ސެވިއްޔާ ޓީމަށް ވެސް ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ.
ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން 17 އަހަރުން ދަށުގެ ވޯލްޑްކަޕަށް ތައްޔާރުވަމުން އަންނައިރު، މިމުބާރާތުގައި ފާޓީ ސްޕެއިން ޓީމަށް ކުޅުވަން އެފެޑެރޭޝަނުން ބޭނުންވެއެވެ.
އަންނަ މަހު 26 ވަނަ ދުވަހު ބްރެޒިލްގައި ފަށާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕަށްދާ ސްޕެއިން ޓީމުގައި އަންސޫ ފާޓީ ހިމެނިއްޖެނަމަ، އެމަހުގެ 27 ވަނަ ދުވަހު ލަލީގާގައި ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލެސިކޯގައި ފާޓީއަށް ބައިވެރިނުވެވޭނެއެވެ.




