ޖަރުމަނު ކޮޅަށް 6 ލަނޑު ޖަހައި ސްޕެއިނުން ހަތަރު ޓީމުގެ ފައިނަލަށް

ޖަރުމަނު ކޮޅަށް 6 ލަނޑު ޖަހައި ސްޕެއިނުން ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރު ޓީމުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭ ކުޅުނު މިމެޗު ސްޕެއިނުން ކާމިޔާބުކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ޤައުމުގައި ކުޅުނު މިމެޗު އެއްކޮށްހެން ސްޕެއިނުން ކޮންޓްރޯލް ކުރިއިރު، މެޗުގެ ފުރަތަމަ ހާފުގައި ތިން ލަނޑަު އަދި ދެވަނަ ހާފުގައި ތިން ލަނޑު ސްޕެއިނުން ޖެހިއެވެ.

ސްޕެއިންގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނަޓްގައި މޮރާޓާ ކާމިޔާބުކޮށްދިނީ ކޯނަރެއްގައި ބޮލުންނެވެ. އަދި ސްޕެއިންގެ އޮލްމޯ ބޮނުން ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސް ދަނޑީގައި ޖެހި ނުކުތްވަގުތު އޭރިއާތެރޭ ހުހަށް ހުރި ފެރެން ފޮނުވާލި ބާރު ހަމަލާއާއެކު ސްޕެއިނުން ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނަޓްގައެވެ. އަދި އޭގެ ފަސް މިނަޓް ފަހުންސްޕެއިންގެ ތިންވަނަ ލަނޑުވެސް ކޯނަރަކުން ހުރަސްވިބޯޅައަކުން ކާމިޔާބުކުރިއިރު، މިލަނޑު ކާމިޔާބުކޮށްދިނީ ރޮޑްރީއެވެ.

އަދި މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ފެރެން ޓޮރެސްވަނީ މެޗުގެ ދެވަނަ ހާފުގައި އިތުރު ދެލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. ސްޕެއިންގެ ހަވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެންމެ މިނަޓަކަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އޮޔަރްޒަބަލްއެވެ.

ސްޕެއިންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުންވަނީ %70 ބޯލް ޕޮސެސަން ހިފަހައްޓާފައެވެ. އަދި މެޗުގައި23 ހަމަލާއެއް ސްޕެއިނުން އުފެއްދިއިރު، ޖަރުމަނުން މެޗު ނިންމާލާފައިވަނީ ސްޕެއިން ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާނުލެވިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ލޯ ބުނީ، އެހާ ބޮޑު ފަރަގަކުން ބަލިވާ ޖެހުނީ ކީއްވެކަމެއް ނޭނގޭކަމަށާއި، އަދި ހީކުރިވަރާ ގާތަށްވެސް ޓީމު ވަރުގަދަކޮށް ތަރައްޤީ ކުރެވިފައިނުވާކަން ރޭގެ މެޗުން ހާމަވެގެން ހިނގައްޖެކަމަށްވެސް ލޯ ބުންޏެވެ.

ރޭގެ މެޗުން މޮޅުވެ ސްޕެއިނުން ގްރޫޕް ސްޓޭޖުގެ ،ެޗުތައް ނިންމާާފައިވަނީ 6 މެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގު އޭ ގެ ގްރޫޕް 4 ގެ އެއްވަނައިގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ