ޑިންގީ ބަންޑުން ޖަހާލައި ގެއްލުނު ސިމާ

ޑިންގީގެ ކެޕްޓަނަށް އިތުބާރު ނުކުރެވި، ޝިމާ ހޯދަން ފަޅު ރަށެއް ބަލަނީ

ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ދަތުރުކުރަމުންދަނިކޮށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީއިން ގެއްލުނު، އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ހޯދުމަށް އެއަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ގާދޫ ބަލަން ފަށައިފިއެވެ. 

މާމެންދޫ ކައުންސިލުގެ ނައިބް ރައީސް ހުސެއިން ހަބީބް އަލީ ބައެއް މީޑިއާތަކަށް ވިދާޅުވީ، އެ އާއިލާއިން ބޭނުންވެގެން ގާދޫ ބެލުމަށް އެރަށަށް ގޮސްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކަމަށާއި، ފަސް ގްރޫޕަކަށް ބަހާލައިގެން އެރަށް ބަލާ ހޯދުމުގެ މަސައްކަތުގައި އާއިލާގެ އިތުރުން އެމްއެންޑީއެފް އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާމެންދޫ ކައުންސިލުގެ ނައިބް ރައީސްއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ގެއްލިގެން ހޯދަމުންދާ ސިމާ ހޯދުމަށް ފަޅުރަށް ބަލަން ފެށީ ޑިންގީ ދުއްވަން އިން ފިރިހެން މީހާގެ ވާހަކަތަކަށް އިތުބާރު ނުކުރެވޭތީއެވެ. ޑިންގީ ދުއްވި ފިރިހެން މީހާއާ ސިމާ މީގެ އަހަރުތަކެއް ކުރިން ދަންނަ ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގާދޫ

ޝިމާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވައިގެ މަގުން ވެސް ކުރަމުން އަންނައިރު އޭނާ ހޯދުމަށް ޑައިވިން ރޮބޮޓް ވެސް މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމެއް ވެސް ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު ބެލުމުގައި ހަރަކާތްތެރިވަމުން އަންނައިރު ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ވެސް އޭނާ ހޯދުމަށް މަސައްކަތް ވަނީ ފަށާފައެވެ. 

ޑިންގީ ބަންޑުން ޖަހާލީ ލ. ގާދޫ އާ ހިސާބުން ކަމަށް ފުލުހުން ބުނެއެވެ. ހުކުރު ދުވަހުގެ ރޭ 21:30 ގައި އެ ހާދިސާ ފުލުހުންނަށް ރިޕޯޓުކުރިއިރު ޑިންގީން ދަތުރުކުރި އެކަކު ވަނީ ފަތާފައި ގޮސް އެތަނުގެ ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރާ ޑިންގީ ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ދީފައެވެ. އެނގިފައިވާ ގޮތުގައި ފިރިހެން މީހާ އެ ރިސޯޓަށް ފަތާފައި ދިޔައީ އަންހެން މީހާގެ އަތަށް ހަމެއް ވެސް ދިނުމަށްފަހު އޭގެ އެހީގައި އޮތުމަށް ބުނެފައެވެ. އަދި ފޯނެއް ވެސް ދިންކަމަށް ބުނެއެވެ. 

އެކަމަކު، އޭނާގެ އެވާހަކަތައް ގަބޫލުކުރަން ދަތިކަމަށް ސޯޝަލް މީޑިއާގައި ވެސް އެކި ފަރާތްތަކުން ހިޔާލު ބަދަލުކުރަމުން އަންނައިރު ފޯނެއް އޮތްއިރު ޝިމާ އެކަނި ދޫކޮށްލާފައި އެތަނުން ދިޔައީ ކީއްވެތޯ އަންނަނީ ބައެއް މީހުން ސުވާލު އުފައްދައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ