އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން - ފޮޓޯ: އީސީ

އީސީގެ މެންބަރުކަމަށް 16 ބޭފުޅުން ކުރިމަތިލައްވައިފި

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ މެންބަރު އިސްމާޢީލް ހަބީބް ޢަބްދުއްރަހީމްގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 16 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހޫދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ނަންތައް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅުއްވާނެ ކަމަށެވެ.

މިނޫހަށް އީސީގެ މެންބަރުކަމަށް ކުރިމަތިލެއްވި 16 ފަރާތުގެ ތެރޭގައި އީސީގެ މެންބަރު ހަބީބް އަދި
ބައެއް ޤާނޫނީ ވަކީލުންވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ކުރިމަތިލެއްވި ބޭފުޅުންގެ ތަފްސީލްތައް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އީސީގެ މެމްބަރު ހަބީބްގެ ފަސް އަހަރުގެ ދައުރު އަންނަ މަހު ހަމަވާއިރު، ޤާނޫނު އަސާސީގައި ބުނެފައިވާ ގޮތުގައި އިލެކްޝަންސް ކޮމިޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ޖެހޭނީ ކޮމިޝަނުގެ މަސައްކަތް ކުރެވޭ ފެންވަރުގެ ތައުލީމާއި ގާބިލްކަން ހުރި، ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ނުހިމެނޭ ބޭފުޅެކެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް