އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގަނެފި

އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ވަޅިން ހަމަލާދީފައިވަނީ އުމުރުން 69 އަހަރުގެ އަންހެނަކަށެވެ. އަދި މިހާދިސާ ހިނގައިފައިވަނީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކައި އަނިޔާ ކުރުމަށްފަހު އެމީހާ އަތުން ފޭރިގަނެފައިވާ ކަމަށެވެ. އަދި މިމައްސަލައިގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:30 ހާއިރު ކަމަށެވެ.

މި ފޭރުމުގެ ހާދިސާގައި އަނިޔާ ލިބުނު އުމުރުން ދުވަސްވީ އަންހެންމީހާއަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، މޫނުމަތީގައި ޖެހުމުގެ ސަބަބުން މޫނުމަތިވެސް ވަނީ ޒަހަމްވެފައެވެ.

މައުލޫމާތު އިނގޭ ފަރާތަކާއި ހަވާލާދީ އޮންލައިން ނޫސް "ވަގުތު" އިން ބުނެފައިވަނީ ހަމަލާދީފައިވާ އުމުރުން ދުވަސްވީ އަންހެން މީހާއަކީ އެކަނި ދިރިއުޅޭ މީހެއް ކަމަށާއި އޭނާ އަށް ހަމަލާދިނީ ގޭގައި ހުއްޓާ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެގެއަށް ވަދެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހާ ދިރިއުޅޭ ގެ | ފޮޓޯ: މީސްމީޑިއާ

ފުލުހުން ވިދާޅުވެފައިވަނީ މިމައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ލިބުނު މިންވަރަކަށް ހިއްސާ ކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ