އިންޑިއާއިން އޮސްކާއަށް، "ގަލީ ބޯއީ"!

2020 އަހަރު ބާއްވާ 92 ވަނަ އޮސްކާ އެވޯޑުގައި ފޮރިން ލޭންގުއޭޖް ފިލްމު ކެޓަގަރީއިން، މިއަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ގަލީ ބޯއީ" އިންޑިއާއިން ފޮނުވުމަށް ހަމަޖެހިއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 9ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަކީ، ޒޯޔާ އަހްތަރު ޑައިރެކްޓްކޮށް، ފިލްމްގެ ލީޑު ތަރިންގެ ތެރޭގައި ރަންވީރު ސިންހް އަދި އާލިއާ ބަޓް ފެނިގެންދިޔަ ފިލްމެކެވެ. މި ފިލްމް ވަނީ ބެލުންތެރިން ބަލައިގަނެ، ބޮކްސް އޮފީހުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

"ގަލީ ބޯއީ" ގެ އެއް ޕްރޮޑިއުސަރު ކަމުގައިވާ ބޮލީވުޑްގެ ތަރި ފަރްހާން އަހްތަރި ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އޮސްކާ އެވޯޑަށް އިންޑިއާއިން ގުލީ ބޯއީ ހުށައެޅުމަށް ރަސްމީކޮށް ހޮވާފައިވާކަމަށެވެ.

މި ފިލްމަކީ، މުމްބާއީގެ މަގުމަތީގައި މިއުކިޒު ކުޅުމަށް ހަރަކާތްތެރިވާ ސްޓްރީރް ރެޕާސްއިންގެ ހަޔާތުގެ މައްޗަށް ހަދާފައިވާ ފިލްމެކެވެ.

92 ވަނަ އޮސްކާގެ އެވޯޑަށް މިފަހަރު އިންޑިއާއިން ރަސްމީކޮށް ގުލީ ބޯއީ ހޮވާފައިވާއިރު، މިދިޔަ އަހަރު އެ މަގާމު ލިބިފައިވަނީ އަސަމީސް ބަހުން ނިކުތް އިންޑިއާގެ ފިލްމު "ވިލެޖް ރޮކްސްޓާރް"އަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ