2019 ސެޕްޓެމްބަރު 20 ވަނަ ދުވަހު ހ.ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވި އަލިފާން ފެތުރި، 4 ކެމިކަލް ގުދަނާއި، 6 ގެއެއްގައި ރޯވެ ބޯޑެތި ގެއްލުންތަކެއް ލިބުނު ހާދިސާއާއި ގުޅިގެން ވެރިން އިސްތިއުފާ ދެއްވަން ޖެހޭކަމަށް ކާށިދޫ ދައިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ، އަލިފާނުގެ ހާދިސާތައް ހުއްޓުވަން ފިޔަވަޅު އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޖާބިރު ވިދާޅުވީ، ހައެއްކަ އަށެއްކަ ގެ އަނދައިގެން ދިޔައިރު 400 މީހުން އެ ހާލުގައި ޖެހިފައިވާ ކަމަށާއި، އެއީ ކުޑަކުޑަ ރަށެއްގެ އާބާދީ ކަމަށެވެ. އެ 400 މީހުންނަށް ލިބުނު ގެއްލުން އިއާދަކުރަނީ ކިހިނެތްތޯ ސުވާލު އުފައްދައި ޖާބިރު ވިދާޅުވީ، އެއީ އިއާދަނުކުރަނިވި ގެއްލުން ކަމަށެވެ.
"މީގެ ޒިންމާ އުފުލަންޖެހޭނެ ކޮންމެސް މީހަކު. މިއީ ދުނިޔޭގެ އެހެން ޤައުމެއްނަމަ މިއަދު އިސްތިއުފާ ދޭންޖެހޭނެ. މިކަމުގެ ޒިންމާ އުފުލަންޖެހޭނެ. އިސްތިއުފާދޭންޖެހޭނެ. ކީތްވެގެންތޯ ނުދީގެން މިއުޅެނީ؟" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި، އެހެން މިކަން ވެގެން ނުވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ހަނގުރާމަވެެރި ޤައުމެއް ނޫން ކަމަށާއި، އެއްވެސް އެހެން ކަމެއްވެސް އޮތީކީއެއް ނޫންކަމަށް ޖާބިރު ވިދާޅުވީ. އޭނާ ވިދާޅުވީ، މައްސަލައަކީ "ސިސްޓަމްތައް ނެތުން" ކަމަށެވެ.
"އަލިފާން ރޯވާނެކަން އެބައެނގޭ ނޫންތޯ! މީއީ އަލަށް ވީކަމެއްތޯ! ކީތްވެގެންތޯ ރައްކާތެރިކަމާއެކު ބަހައްޓަންޖެހޭ ސާމާނު ރައްކާތެރިކަމާއެކު ނުބަހައްޓަންވީ؟ ހަމަ މި މާލޭގައި ރޯވާނެކަން، ރޯވެއްޖިއްޔާ ކިހިނެތްތޯ ހަދަނީ؟ އެއޮތީ ވެފައި ނޫންތޯ! މިއަދު އަޅުގަނޑު ހިތާމަކުރަނީ އެވަރުގެ ފެސިލިޓީސް އަޅުގަނޑުމެން އަތުގައި ނެތީ ކީތްވެގެންތޯ މިއަހަނީ، ދައުލަތަށް ޓްކްސް ޕޭކުރީމައި އިސްރާފުނުކޮށް މިކަހަލަ އެއްޗެހި ހޯދާށޭ އަޅުގަނޑު މިކިޔަނީ." ޖާބިރު ވިދާޅުވިއެވެ.
އިސްތިއުފާއަށް ގޮވާލެއްވީ ކޮން ބޭފުޅެއްގެކަން ވިދާޅުނުވި ނަމަވެސް، ޖާބިރު ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރަށާއި، ސިފައިންގެ ވެރިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"އަޅުގަނޑު ބަލަންބޭނުން މިހާރު ޓޭންކަރުތަކުގައި ދަބަރު ޖަހައިގެން އަނެއްކާ ހަނގުރާމައެއް ކުރިމަތިވާއިރު ޓޭންކަރުތައް ކިހިނެތްތޯ ހުރީ، ޖެނެރަލް ޝަމާލް އެބަޖެހޭ މިތަނަށް ހާޟިރުކޮށް އަހަން ކީތްވެގެންތޯ މިހެން ވާންޖެހުނީ! ޑިފެންސް މިނިސްޓަރ މާރިޔާ މިތަނަށް ވަޑައިގެން ބުނަންޖެހޭ އަޅުގަނޑުމެން ކައިރީގައި ކީތްވެގެންތޯ މިހެން ދިމާވީ! މިއީކީ ޤަބޫލުކުރެވޭނެ ވާހަކައެއް ނޫން. މިކަމުގެ ޒިންމާ އުފުލަންޖެހޭ މީހުން މަތިން ޒިންމާ އުފުލަންޖެހޭނެ." ޖާބިރު ވިދާޅުވިއެވެ.
								
											


														
														
														
														
														
														
								
ހިޔާލު
ތޭ މައިކާލޯ އައު ކޭ މމމމމމމމމބޮނޑޮ މުއާއް.