ހ.ފެހިއާބާދުގޭގައި ރޯވެ އަނދަނީ - ފޮޓޯ: މީސްމީޑިއާ

ބޮޑު އަލިފާނުގެ ހާދިސާއަކީ ރޭވިގެން ދިން ޓެރަރިސްޓް ހަމަލާއެއް - މަޖިލިސް މެންބަރެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއަކީ ރޭވިގެން ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހެނވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ޓްވިޓަރ އަދި ފޭސްބުކްގައި ވިދާޅުވީ، "މާލޭގައި ހިނގާ މިދިޔަ އަލިފާނުގެ ހާދިސާއަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ "ޓެރަރިސްޓް" ހަމަލާއެއް" ކަމަށެވެ.

MO (Alhugadu Gaboolu Kuraa Gothuga): Male’ Ga Higaa Midhiya Alifaanuge Haadhisaa aki Reyvi Inthizam Vegen Dhevifaivaa #Terrorist Hamalaaeh. @CDFofMNDF @PoliceMv @MNDF_Official @M_Hameedh

Posted by Ibrahim Muizzu on Sunday, 22 September 2019

އެކަކު މަރުވެ އެތައް ބަޔަކު ހާލުގައިޖެހުނު މި އަލިފާނުގެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް މެންބަރު މުއިއްޒު ވިދާޅުވި ނަމަވެސް އޭނާ މިކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއްވައެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއެންޑީއެފް އިން ވަކިއެއްޗެއް ވިދާޅުވެފައި ނުވާއިރު، ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާތީވެ މިވަގުތު މަޢުލޫމާތު ހިއްސާކުރަން ދަތި ކަމަށެވެ. ނަމަވެސް މަޢުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން މަޢުލޫމާތު ހިއްސާކުރަމުންދާނެ ކަމަށެވެ.

މެންބަރު މުއިއްޒު މި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ވިދާޅުވިިއިރު، ފުލުހުން އިއްޔެ ކުރެއްވި ޓްވީޓެއްގައި "ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓް" ޓެގްކޮށްފައިވުމުން ބައެއް ފަރާތްތަކުން މި މައްސަލަ ސީރިއަސް ހާދިސާއަކާ ގުޅުވައި މީސްމީޑިއާގައި އެވާހަކަ ދައްކާފައިވެއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން މިއަދު ވިދާޅުވީ، މައްސަލައިގެ ތަޙްޤީޤު ކުރިއަށްދާ ކަމަށާއި، އަލިފާން ރޯވި ސީދާ ސަބަބު އަދި ހޯދިފައި ނުވާކަމަށެވެ. އަދި މިރޭ ފުލުހުން ވިދާޅުވީ، ފުލުހުންގެ އަރސަން (ARSON) އިންވެސްޓިގޭޓަރުންނާއި، ފޮރިންސިކް ޓީމުން މިހާރުވެސް އަލިފާނުގެ ހާދިސާ ހިނގި ސައިޓްގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

2 Responses

  1. Naaz

    Mp muixx aa suvaalu veven jehey. Ethah baeh umuru dhuvahu kuri massahkaith. Foo nubedhey varuge gehlun ethah bayakah libi furaanaeh thethi goss.

  2. Vaanuvaa

    Eyna yah thihaabodah ingeyneeeynakurikamehveemathaa

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ