ޝަހުސު އޮޅުވާލައިގެން ޜާއްޖެ އެތެރެވާން މަސައްކަތްކުރި ތިން މީހުން - ފޮޓޯ: އިމިގްރޭޝަން

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން މީހުންގެ އަދަދު 16 އަށް އަރައިފި

ޝަހުސު އޮޅުވަލައިގެން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީއަކު އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން ރޭ ވިދާޅުވީ، ސައްހަ ޕާސްޕޯޓަށް ބަދަލުގެނެސް ފޯޖުކޮށްގެންނާއި ނަކަލުކޮށްފައިވާ ކައުންޓާފިޓް ޕާސްޕޯޓު ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން ބިދޭސީއަކު ހުއްޓުވާފައިވާ ކަމަށެވެ.

ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ތިން މީހަކު ރޭ އިމިގްރޭޝަނުން ހިފެހެއްޓިއިރު، ގިނަ ބަޔަކު ދަނީ އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރަމުންނެވެ.

އެގޮތުން މިމަހުގެ 20 ވަނަ ދުވަހު ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި މީހަކު ހިފަހައްޓާފައިވާއިރު، މިމަހުގެ 17 ވަނަ ދުވަހު އިތުރު މީހަކު ވަނީ ހިފަހައްޓާފައެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ޝަހުސު އޮޅުވާލައިގެން 16 ފަރާތަކުން ރާއްޖެ އެތެރެވާން މަސައްކަތްކުރުމުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ހިފަހައްޓާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ