ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ 13 ބުރީގެ އައު އިމާރާތުގައި ވަޑާމުގެ މަސައްކަތްތަކާއި ބަދިގޭ ކަބަޑުތަކެއް ޖެހައިދޭނެ ފަރާތެއްހޯދުމަށް އެ އިދާރާއިން އިޢުލާނުކޮށްފިއެވެ.
އެ އިދަރާއިން މިއަދު ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 ސެޕްޓެންބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:30 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 06 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށެވެ.
މަޢުލޫމާރު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެކަމުގައި އެ އިދާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް އެ އިދާރާގެ އައު އިމާރާތުގެ 2 އަދި 3 ވަނަ ފަންގިފިލާގައި ވޯކްސްޓޭޝަންތައް ހެދުމަށްޓަކައި ނެޓްވޯކް އަޅައިދޭނެ ފަރާތެއް ހޯދުމަށާއި، ޑިޖިޓަލް ކެމެރާއަކާއި ކެމެރާއަށް ބޭނުންވާނެ ބައެއް ސާމާނު ހޯދުމުގެ އިތުރުން ފައިބަރ ނެޓްވޯކެއް ޤާއިމުކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އިޢުލާންކޮށްފައެވެ.



