އުފަންރަށަށް ކޮށްދެވެން އޮތްކަމެއް ކޮށްދެއްވާނަން - ރައީސް

އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ އުފަން ރަށް، ފާދިއްޕޮޅު ހިންނަވަރަށް ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެކަމަށް ރައީސް ޞޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް މެންބަރުންނާ މިއަދު ރައީސް އޮފީހުގެ ބޭއްވެވި ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެ ބައްދަލުވުމުގައި ހިންނަވަރު ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ކައުންސިލް މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައިވާ ކަމަށާއި، އެގޮތުން، ރަށުގައި ގޯތިގެދޮރުގެ ދަތިކަމާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުން ކަމުގައި ކައުންސިލް މެންބަރުން ވިދާޅުވި ކަމަށެވެ.

ހިންނަވަރު ފުޓުބޯޅަދަނޑާއި ޒުވާނުންގެ މަރުކަޒު އިތުރަށް ތަރައްޤީކޮށްދެއްވުމަށް އަދި ފެރީގެ ނިޒާމު ހަރުދަނާކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށާއި، ކައުންސިލް އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ އިތުރުން އެރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ހިންނަވަރު ކައުންސިލުން ރައީސް ޞޯލިޙްގެ އަރިހުގައި އެދިލެއްވިއެވެ.

ރައީސް ޞޯލިޙްގެ އުފަން ރަށު ކައުންސިލްގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުގައި އެމަނިކުފާނު ވިދާޅުވީ، ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން އެއްބާރުލެއްވުން ދެއްވާނެ ކަމަށާއި، ކޮށްދެއްވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

ނަމަވެސް، ވަކި ކަމެއް ވަކި މުއްދަތެއްގައި ކޮށްދެއްވާނެކަމަށް ރައީސް ޞޯލިޙް މި ބައްދަލުކުރެއްވުމުގައިވެސް ވިދާޅުވެފައެއް ނުވެއެވެ. ހަމަ ހަމަ އުޞޫލުން ތަރައްޤީ ކޮށްދެއްވުމަކީ ރައީސް ޞޯލިޙް ގެންގުޅުއްވާ ހަރުދަނާ އުޞޫލެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ނުބުނި

    ރައިސު ބަޔަކު ރުޅިއަރުވަންތަ ތިއުޅުއްވަނީ މަމިކިޔަނީ ރައިސު ތީ ހާދަހާދެފުށް ދެގޮތް ކަމެއް ގެންގުޅުއްވާ ރައިސެކޭ 25 އަހަރު އެރަށުގޮނޑިގަ އިންނެވިއިރު ރައިސަށް އެގިނުލައްވާ އެރަށު މީހުން ބޭނުންވަނީ ކޮން ކަންތައްތަކެއްކަން .ކޮންމެ 5 އަހަރަކުން އެއް ފަހަރު ވޯޓަށް އެރަށަށް ވަޑައިގަންނަވާ އެރަށު ރައްޔިތުން ނާވެސް މީޓް ކުރައްވާއިރުވެސް އެރަށު މީހުންގެ އިހްސާސް ތަކާ ބޭނުންވާ ކަންތައްތައް ރައިސަށް އެގި ނުޅެއްވުމަކީ މައްސަލައެއް .25 އަހަރު ދުވަހު ގޮޑިގަ އިންނެވިއިރު .މިހާރު ތި ހިންނަވަރަކީ ބަޔަކު ދިރި އުޅެން އެއްގޮތަކަށް ވެސް ކަމުދާ ރަސެއް ނޫން ހިންނަވަރު މީހުން ރައިސްގެ ވެރިކަމުގަ ހުޅުމާލެއަށް ބަދަޅު ކޮށް ދެއްވާ ހިންނަވަރު މީހުންގެ އަވަށެއް ހުޅުމާލެހިންނަވަރު ގެ ނަމުގަ އަދި ކޮއްކޮ ފުޅު ކުރިމަތި ލައްވާނި އެގޮނޑިއަށް .އެއީވީރާނާވެ ބާވެ ދިރުމެއްނެތް ރަށެއް. މިއީ ބޭނުން ފުޅުވި ގޮތް .ހިންނަވަރު މީހުން ގަމާރު ކަން މަތީ އަބަދަށް.ބޭތިއްބުން .

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ