ދުޢާއަކީ ހެޔޮހާލުގައި ޝިމާ ފެނުން

ދިވެހި މީޑިއާ ގުގުމާލާފައި މިވަނީ ދިވެހި ޒުވާން އަންހެން ކުއްޖަކު ވީނުވީއެއް ނޭނގި ގެއްލުނު ޚަބަރުންނެވެ.

އެހެން ނުވާންވީ ސަބަބެއްނެތެވެ. އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އަޅާލުމުގެ ރިވެތި އަޚްލާޤު އަށެގަނެފައިވާ އެއްބައިވަންތަ ބައެކެވެ. މީހަކަށް ނުވަތަ ބަޔަކަށް ހިތާމަވެރި ހާދިސާއެއް ކުރިމަތިވާ ހިނދު އެންމެންހެން އަވަސްވެ ގަންނަނީ އެމީހަކަށް ނުވަތަ ބަޔަކަށް ވެވެންއޮތް މިންވަރަކުން އެހީތެރިވެވޭތޯއެވެ. އެއީ ނުދަންނަ މީހެއްވިޔަސް މެއެވެ. އަދި ދުޝްމަނަކަށްވިޔަސް މެއެވެ.

މިއަދު އަހަރެމެން އިންޓަރނެޓަށް ވަނުމަށްފަހު ފުރަތަމަ ބަލާލަނީ އާމިނަތު ޝިމާ ނާފިޒުގެ އެންމެ ފަހުގެ ޚަބަރަކީ ކޮބާތޯއެވެ. ޝިމާ ފެންނާނެނަމައޭ ހިތައްއަރައެވެ. ގަދަވެ ސަލާމަތުން ޝިމާ ފެނޭތޯ ހިތުގެ އަޑިން ދުޢާކުރެވެއެވެ.

ސިމާ ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު

ޑިންގީއެއް ބަންޑުން ޖަހާލައިގެން އައިމިނަތު ޝިމާ ނާފިޒު ގާދޫ ކަނޑަށް ގެއްލުނު ފަހުން މިއަދަށް ދެދުވަސް ވީއެވެ. އެއްވެސް ޚަބަރެއް ނުވެއެވެ. އެމްއެންޑީއެފް އާއި ލ.މާމެންދޫ ރައްޔިތުން ޝިމާ ހޯދަން ކައިރި ފަޅުރަށްތަކުގަޔާއި ކަނޑުގައި އަދިވެސް އަތް ފުނާ އަޅަނީއެވެ. އެހެން ނަމަވެސް މިޙާދިސާގައި ޖަވާބު ނުލިބޭ އެތައް ސުވާލު އެބަހުއްޓެވެ.

މިހާދިސާއާއި ގުޅިގެން ޝިމާއާއެކު ދަތުރުކުރި އިބްރާހީމް ފަޒީލްއަށް ގިނަ ބަޔަކު ޝައްކުކުރާއިރު އެއީ އެންމެ ރަނގަޅުގޮތްކަމުގައިވެސް ނުވެދާނެއެވެ. ނަމަވެސް ހާދިސާގައި ހިނގާދިޔަ ކަންތައްތައް ނޫސްތަކުގައި ބަޔާންކުރެވިފައިވާ ގޮތުން އެތައް ބައެއްގެ ހިތުގައި އުފެދޭ އެތައް ސުވާލުތަކެއް އެބަހުއްޓެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ.

ސިމާ ހޯދަން ފުލުހުން ބަލަމުންދާ ސަރަހައްދު

ޝިމާ އަދި ފަޒީލް ދަތުރުކުރި ޑިންގި ހަމަ އަސްލުވެސް ބަންޑުންޖަހާލީ ހެއްޔެވެ؟ ޑިންގި ބަންޑުންޖަހާލި ކަމަށްވާނަމަ އޭގައި ހުރި އެއްވެސް އެއްޗެއް އޮޔާދާތައް ފެންނާނެ ލޮލެއް ހަމަނެތީބާއެވެ؟ ޝިމާ އަތުގައި އޮތް ފޯނުން އެހީއެއް ހޯދަން މަސައްކަތް ނުކުރީ ކީއްވެބާއެވެ؟ ފްލޯޓްވާ ހަމެއްގައި ޝިމާ ކައިރި ހިސާބެއްގައި އޮތްއިރު ޝިމާއާ ދިމާލަށް ނުފަތާ ސިކްސް ސެންސެސް ލާމުއާ ދިމާލަށް ފަޒީލް ފެތީ ކީއްވެބާއެވެ؟ ފަތަން ނޭގޭ ޒުވާން ރީތި އަންހެން ކުއްޖެއް މާކަނޑަށް ރޭގަނޑު ދޫކޮށްލާފައި ދިވެއްސަކަށް ދާން ކެރޭނެބާއެވެ؟ ބަންޑުންޖެހިކަމަށް ބުނާ ޑިންގީގައި ޝިމާ ފަޒީލްއާއެކު މިދަތުރު ކުރިކަން ފަޒީލްގެ ބަސް ފިޔަވައި އެނގޭ އެއްވެސް ގޮތެއް އޮތްބާއެވެ؟

މިފަދަ އެތައް ސުވާލުތަކެއް އޮތްއިރު އުއްމީދުކުރަނީ މިހާދިސާގެ ތަޙުޤީގު ކަމާއިބެހޭ ފަރާތުން ވަރަށް އިސްކަމެއް ދީގެންކޮށް މިހުރިހާ ސުވާލެއްގެ ޖަވާބު ހޯދައިދޭނެކަމަށެވެ. އަދި ދުޢާއަކީ ހެޔޮހާލުގައި ޝިމާ ފެނުމެވެ.

މިލިޔުން ކިޔާލުމުން
37
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޖަމަލު

    މަށަށް ހީވަނީ ފަޒީލު އެކޮޔާ *** އުޅުމުން ފައިޓަކަށް ދިޔައީހެން

    • jamaal

      I THINK THEY HAVE LITTEL FIGHT

  2. ޝިމާލް

    އަހަންނަސް ހިއެއް ނުވޭ ޝިމާ ފެންނާނެހެންނެ

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ