މަޖިލިސް ގޭގެ މަރާމާތުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރައްޔިތުންގެ މަޖިލިސް ކުރާގޭގަ ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙް ބައްލަވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް ކުރާގެއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޚަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޤާޞިމް އިބްރާހީމާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުރުން މަޖިލީހުގެ އިދާރާގެ އިސް މުވައްޒަފުންނެވެ.

މަޖިލިސް އިންދާރާއަށް ގެންނެވި ބަދަލުތައް ބައްލަވާލައްވަން ރައީސް ޞޯލިޙް ރޭ މަޖިލިސް ކުރާ ގެއަށް ޒިޔާރަތް ކުރެއްވިއިރު، 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދެވެ. 7 ފެބުރުވަރީގައި މި ދައުރަށް މަޖިލިސް ހުޅުވިފަހުން ޖަލްސާތައް މެދުކެނޑިފައި އޮތީ މަރާމާތުގެ މަސައްކަތް ނިންމުމަށެވެ.

މިއަދު ހެނދުނު 09:00 ގައި ފެށުމަށް ހަމަޖެހިފައިވާ މަޖިލީހުގެ ޖަލްސާއަށް މުހިންމު މަސައްކަތްތަކެއް ތާވަލުކުރެވިފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ